ޕާޓީއިން ވަކި ކުރުމުން މަޖިލީސް ގޮނޑި ގެއްލޭ ގޮތަށް ހަދަނީ، މަޖިލީސް ރައީސް ޕާޓީއިން ވަކިކޮށް، ގޮނޑި ގެއްލުވާލަން ކަން ދިޔަވަރު ނޫހަށް މިކަމުގެ އިންޓެލިޖެންސް މައުލޫމާތު ތަކެއް ލިބިފައިވާ ފަރާތަކުން ހިއްސާ ކޮށްފިއެވެ.
ޤާނޫނު އަސާސީގައި ވާ ގޮތުން، ބާރުތައް ފުރޮޅިގެން އަންނަ ގޮތަކުން، ވެރިކަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަތްމައްޗަށް އައުމުގެ ފުރުޞަތު އެބައޮތެވެ. އެހެން ކަމުން އެފަދަ ކަމެއް، ހާލަތު މެދުވެރިވާ ގޮތުން މަޖިލީސް ރައީސް އަބްދުއްރަހީމް ކުރައްވަން އުޅެފާނެ ކަމަށް ޝައްކުކޮށް، މިކަން މިގޮތަށް ކުރަން ނިންމީ ކަމަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރެއެވެ.
އެހެންކަމުން، މި ބިލް ފާސްވުމުން، މީގެ ހިތި އެންމެ އަވަހަށް އިހްސާސް ކުރަން ޖެހޭނީ މި ބިލް ފާސްކުރުމަށް ވޯޓަށް އަހަން މިވަގުތު އިންނެވި މަޖިލީސް ރައީސްއެވެ.
ރައްޔިތުންގެ އަގުލަބިއްޔަތުން ހޮވާ މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީގެ ވެރިންނަށާއި އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ލިބިދީގެން ނުވާނެ، އެހެނީ މެންބަރުން ވަކިކުރުމުގެ ބާރު އޮންނަން ވާނީ އެ މީހަކު ހޮވި ރައްޔިތުންގެ އަތުގައެވެ. ނަމަވެސް މިހާރު އޮތް ބިލު އެ އޮތީ ރައްޔިތުންގެ ފަޅިއަކު ނޫނެވެ.
ރައީސް މުއިއްޒު ދަނީ ވެރިކަމަށް އައީއްސުރެ، ވެރިކަމުން ވެއްޓިދާނެ ކަމަށް ބިރުން އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. އެހެން ކަމުން، ރައްޔިތުންގެ ކަންކަމުގައި މަސްއޫލުވެ، އުޅުމުގެ ބޭނުމެއް އަދި ވަގުތެއްވެސް މުއިއްޒަކަށް ނުލިބެއެވެ.
ޕީއެންސީގެ ގިނަ ބަޔަކު ޤަބޫލު ކުރައްވާ ގޮތުގައި މުއިއްޒަށް ވުރެ، ވެރިކަން ކުރަން އަބްދުއްރަހީމުގެ ޤާބިލު ކަން މާ ތަންދެއެވެ. އަބްދުއްރަހީމް ކިބާގައި އެ ކޮލިޓީ މުއިއްޒަށް ވުރެ އެތައް ގުނައަކުން އިތުރަށް އެބަ ހުއްޓެވެ.