ޚަބަރު

ކުރުސީ އެކައުންޓް ހިންގަނީ ކާކުތޯ ބެލުމަށް، މުސްލިމުން މަރާ އިޒްރޭލު ޒައެނިސްޓް ސަރުކާރުގެ އެހީއަށް ރައީސް މުއިއްޒު އެދިވަޑައިގެންފި

ދިޔަވަރު
ކުރުސީ އެކައުންޓް ހިންގަނީ ކާކުތޯ ބެލުމަށް، މުސްލިމުން މަރާ އިޒްރޭލު ޒައެނިސްޓް ސަރުކާރުގެ އެހީއަށް ރައީސް މުއިއްޒު އެދިވަޑައިގެންފި

ކުރުސީ އެކައުންޓް ހިންގަނީ ކާކުތޯ ބެލުމަށް، މުސްލިމުން މަރާ އިޒްރޭލު ޒައެނިސްޓް ސަރުކާރުގެ އެހީއަށް ރައީސް މުއިއްޒު އެދިވަޑައިގެންފިއެވެ. މިކަން ކުރުސީގެ އެކައުންޓުން އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ. މުއިއްޒުގެ އަމުރަށް މިކަމުގައި އުޅެނީ ހޯމް މިނިސްޓަރު ކަމަށް މައުލޫމާތު ލިބެއެވެ.

ކުރުސީއަށް ސަރުކާރުގެ އެކި އިދާރާތަކުން މައުލޫމާތު ލިބޭއިރު، މިފަދައިން ލިބޭ ތެދު މައުލޫމާތުގެ ސަބަބުން ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށް އެހީއަކަށް ވެއެވެ. އެއީ އެކަންކަން އާންމުންނަށް އެނގުމުން ވައްކަން ކުރުމުގައި ބައެއް ފަރާތްތަކުން ޖެހިލުންވާނެ ކަމަށް ބަލައެވެ. ނަމަވެސް މި ސަރުކާރުން ވައްކަން ހުއްޓާލުމުގެ ބަދަލުގައި މައުލޫމާތު ދިން ފަރާތެއް ހޯދައި އެމީހަކަށް ފިޔަވަޅު އެޅޭތޯ ނޫން އެހެން ކަމެއް ނުކުރެއެވެ. ކަންކަން އިސްލާހުގެ މަގަށް ގެންދިޔުމުގެ ބަދަލުގައި ގެންދަނީ އަނިޔާވެރިކަމުގެ މަގަށެވެ. މި އަނިޔާވެރިކަމުގެ މަގުގައި ކާމިޔާބު ހޯދުމަށް ދުނިޔޭގައި އޮތް އެންމެ އަނިޔާވެރި ޒައެނިސްޓް ދައުލަތުގެ އެހީއަށް ދިވެހި ސަރުކާރުން އެދުމުން، ދޭހަ ކޮށްދެނީ ވައްކަމާއި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވުމުގައި އެންމެ އިންޗިއެއްވެސް ފަހަތަކަށް މުއިއްޒު ޖެހެން ބޭނުން ނުވާކަމެވެ.

މިކަމުގެ އެއް ހެއްކަކީ ރޭގެ ވަގުތެއްގައި، ރައީސް މުއިއްޒުގެ އަނބިކަބަލުން އަންގައިގެން ފުލުހުންގެ މުއައްސަސާއިން އެމްއެމްއޭގެ ތެރެއަށް އޭނާގެ މަސްލަހަތު ހުރި ކަމެއް ލީކު ވެފައިވާތީ، އެ ލީކު ކުރި މީހަކު ހޯދުމަށް ވަންވަނުމެވެ. މިއިން އިތުރަށް ރަމްޒު ކޮށްދެނީ ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ނެތް ކަމެވެ. އޮތީ އަނިޔާވެރި ދެމަފިރިއެއްގެ ވެރިކަން ކަމެވެ.

އިޒްރޭލުގެ އެހީ ހަސަން ކުރުސީ ދެނެގަތުމަށް ބޭނުން ކުރާނަމަ، ވަޓްސްއެޕް ކޯލްތައް އަޑުއެހުމަށް މިހާރު އިޒްރޭލުގެ ސޮފްޓްވެއަރ ބޭނުން ކުރާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން، "ސިގްނަލް" އިން ކޯލްކޮށް މެސެޖް ކޮށް އަނިޔާވެރި ސަރުކާރުގެ ކިބައިން ސަލާމަތްކަން ހޯދުމަށް އެދެމެވެ.

ސަރުކާރެއްގެ އަސްލު ސިފަ ދެނެގަތުމަށް އެމީހުންގެ މަދަދުކާރުންނަކީ ކޮބައިކަން ދެނެގަންނަންވީއެވެ.