ކުޑަ ފިރިހެން ކުއްޖަކާއި ޖިންސީ ގޯނާކުރަނިކޮށް ކުށުގެ ވެށިން ހައްޔަރު ކުރި، ހޯރަފުށި އަންޑަލީބުގޭ، ހާޝިމް އަބޫބަކުރު (A052686) އަށް އިއްވާފައިވާ ޙުކުމް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާ ގުޅިގެން މަޢާފު ކުރައްވާފައެވެ.
2020 މެއި 7 ވަނަ ދުވަހު ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ތެރޭގައި 16 އަހަރުގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގަނިކޮށް ފުލުހުންނަށް ހައްޔަރުކުރެވުނު ހާޝިމް އަބޫބަކުރަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ މޫސާގެ ގާތް ތިމާގެ މީހެކެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާއަށް 12 އަހަރާއި 5 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް ކުރިއެވެ. މި ޙުކުމުގެ މުއްދަތު ހަމަވާގޮތަށް އޮތީ 2035 މެއި 8 ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމުން، އެތައް ކުޑަ ކުދިންނަކަށް މީނާގެ ފަރާތުން ނުރައްކާތެރި ކަމަށް ހުށައެޅޭހެން މީނާ މިވަނީ އާންމުކޮށް ދޫކޮށްލާފައެވެ.
ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް އެކި ގޮތްގޮތަށް ރައީސް މުއިއްޒު ދަނީ އަރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.