ޚަބަރު

ޝިއުނާގެ އާއިލާއަށް އެއްވެސް ކަމެއް ނުކޮށް 150,000ރ ކޮންމެ މަހަކު މި ސަރުކާރުންދޭ. ޝިއުނާއަށް މުސާރަ ލިބެނީ ޑޮލަރުން!

ދިޔަވަރު
ޝިއުނާގެ އާއިލާއަށް އެއްވެސް ކަމެއް ނުކޮށް 150,000ރ ކޮންމެ މަހަކު މި ސަރުކާރުންދޭ. ޝިއުނާއަށް މުސާރަ ލިބެނީ ޑޮލަރުން!

ޝިއުނާގެ އާއިލާއަށް އެއްވެސް ކަމެއް ނުކޮށް 150,000ރ ކޮންމެ މަހަކު މި ސަރުކާރުންދެއެވެ. ޝިއުނާގެ މުސާރައިގެ ބޮޑުބައެއް ލިބެނީ ޑޮލަރުންނެވެ.

ޝިއުނާގެ އާއިލާއަށް މިހާ ބޮޑު އަދަދަކުން ރައީސް މުއިއްޒު އެހީތެރި ވަމުންދާ ސަބަބަކީ މުއިއްޒު އާއި، ޝިއުނާއާއި ދެމެދު އޮތް ސިޓީކައުންސިލް ތެރޭ އޮތް ގާތް ގުޅުމެވެ.

މި ގޮތުން ޝިއުނާގެ ބޭބެއަކަށާއި، މަންމަ އަށާއި، އަންހެން ކޮއްކޮ އަށް ސިޔާސީ މަގާމު މުއިއްޒު ވަނީ ހަމަޖައްސައި ދެއްވާފައެވެ. ޝިއުނާ ހިމެނޭހެން މިއިން އެއްވެސް ފަރާތަކީ މަގާމަށް ގާބިލު އަދި މަގާމުގައި އަދާކުރަންޖެހޭ މަސައްކަތް ފުރިހަމަ ކުރާ ބައެއް ނޫނެވެ.

ސަރުކާރުގެ ވަޒީފާތަކުގެ އަދަދު 7500 އަށް މިހާރު އަރާފައިވާއިރު، ޕީއެންސީ ސިޔާސީ އިސްވެރިން ފިޔަވައި އިތުރު ބަޔަކަށް މިހާރަކު ފުރިހަމަ އާސަންދައެއް ނުލިބެއެވެ. ސަރުކާރުން ޚަރަދު ތައް ބޮޑު ކުރުމަށްފަހު، ކުންފުނިތަކުގައި މަސައްކަތްކުރާ ސިޔާސީ ނޫން ވަޒީފާތަކުގައި ތިބި ފަރާތްތަކުގެ މުސާރައިން 10 އިންސައްތަ އުނިކޮށް، ސިނގިރެޓުން ޓެކްސް ބޮޑުކޮށް، ދައުލަތުގެ ދަރަނިތައް ރާއްޖޭގައި އެއް އަހަރު ތެރޭ އެއްވެސް ވެރިއަކު ނުނަގާ ވަރަށް ފާއިތުވި އަހަރުތެރޭ ވަނީ ނަގާފައެވެ.

ސަޕްލަޔަރުންނާއި، ކޮންޓްރެކްޓަރުންނާއި، މަސްވެރިންނަށް ދޭނެ ފައިސާއެއް ސަރުކާރުގައި ނެތް ކަމަށް ތަކުރާރުކޮށް ބުނަމުންދާއިރު، ނޮވެމްބަރު މަހުގައި އެކަނިވެސް ސަރުކާރުން އިތުރު 50 ސިޔާސީ މަގާމު އުފައްދާފައިވާ ކަމުގައި ބެލެވެއެވެ.