މިދިޔަ އޭޕްރިލް މަހު މާލޭ ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10 ބަގީ ވަނީ ގެނެސްފަ އެވެ. މަހަކު 390،000ރ. ދީގެން ބަގީގެ ހިދުމަތް ދޭން ހަވާލުކޮށްފައިވަނީ ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
އެކުންފުނިން މި ޚިދުމަތް ނުދެނީ ސިޓީ ކައުންސިލުން އެމީހުންނާއި އެކު، މެއިންޓަނަންސް އެއްބަސް ވުމެއްގައި ސޮއި ނުކޮށްގެންނެވެ. އެ ކުންފުނިން މި އެއްބަސް ވުމުގައި ސޮއި ކުރަން ތައްޔާރަށް އޮއްވައި، އެކަން ލަސްވެގެން ދަނީ ސިޓީ ކައުންސިލުން އެކަން ލަސްކުރަމުން ދާތީއެވެ.
ސިޓީކައުންސިލުން ނަން ހާމަ ނުކުރުމަށް އެދި ދާދި ދެންމެ އަކު ދެއްވި މައުލޫމާތުން ސާފުވީ ސިޓީ ކައުންސިލުގައި އަދިވެސް ހިނގަމުން ދަނީ މުއިއްޒުގެ ބާރު ކަމަށާއި، އެގްރިމެންޓް ނަހަދައި ލަސްކުރަމުން ގެންދަނީ މި އެގްރިމެންޓުން ނާޖާއިޒް ފައިދާތަކެއް ލިބޭނޭހެން ޑީލް ހެދުމަށް ކަމަށެވެ.
ކައުންސިލާ އެކު އެއްބަސްވުމެއް ނުހެދި އޮވެގެން ބަގީ ދުއްވުން ހުއްޓާލާފައިވާތީ ބައެއް ކައުންސިލް މެންބަރުން ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައިފަ އެވެ. ން މަޑުކުރަމުން ދަނީ މުއިއްޒުގެ އެންގުމާއި އެކު މި އެގްރިމެންޓުން ނާޖާއިޒް ފައިދާތަކެއް ލިބޭނޭހެން ޑީލް ހެދުމަށެވެ.
"އެ ބޭފުޅުން ކައުންސިލާ އެކު އެގްރީމެންޓެއް ހަދާފައި އޮތްއިރު ބަރާބަރަށް ހިދުމަތް ދެވެން ވާނެ. މެއިންޓެނަންސް އެގްރީމެންޓެއް ނުހެދުމަކީ ރައްޔިތުން ބަލަން ބޭނުންވާ ކަމެއް ނޫން،" ނުރުހުން ފާޅުކުރައްވައި ނަހުލާ ވިދާޅުވި އެވެ.