ޚަބަރު

ޓުއަރިޒަމް މިނިސްޓަރ ގޭންގުތަކާއި ގުޅުން އޮންނަކަމަށް ބުނެ، އޭނާގެ އަގުވައްޓާލައި، މަގާމުން ވަކި ކުރުމުގެ ރޭވުންތަކެއް ސަރުކާރުތެރޭ ރާވަން ފަށައިފި

ދިޔަވަރު
ޓުއަރިޒަމް މިނިސްޓަރ ގޭންގުތަކާއި ގުޅުން އޮންނަކަމަށް ބުނެ، އޭނާގެ އަގުވައްޓާލައި، މަގާމުން ވަކި ކުރުމުގެ ރޭވުންތަކެއް ސަރުކާރުތެރޭ ރާވަން ފަށައިފި

ޓުއަރިޒަމް މިނިސްޓަރ ގޭންގުތަކާއި ގުޅުން އޮންނަކަމަށް ބުނެ، އޭނާގެ އަގުވައްޓާލައި، މަގާމުން ވަކި ކުރުމުގެ ރޭވުންތަކެއް ސަރުކާރުތެރޭ ރާވަން ފަށައިފި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މިކަން ފަށާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް މުއިއްޒު ނެންގެވުމަށްފަހުއެވެ. އެހެންކަމުން މިއަދު އަބްދުއްރަހީމުގެ ބާރުތައް މިވަނީ ރައީސް މުއިއްޒުގެ މުށުތެރެއަށް ޖަމާކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓަރ ގޭންގުތަކަކާއި އެކު ހުރިތަން ފެންނަ ފޮޓޯތަކެއް ވަނީ ސަރުކާރުން ހޯދާފައެވެ. އަދި މި ފޮޓޯތައް މުއިއްޒުގެ ސަރުކާރާއި ދެކޮޅު އަކައުންޓަކުން އާންމުކޮށް، މިނިސްޓަރ ފައިސަލް އަކީ ގޭންގް ތަކާއި ގުޅުން އޮންނަ މީހެއް ކަމަށް ދައްކައި ނަން އިތުރަށް ކިލަނބު ކޮށްލަން ވަނީ ރާވާފައެވެ.

މަޖިލީހުގެ ކޮންޓްރޯލް ރައީސް މުއިއްޒު ނެންގެވި އިރު، ފިނޑިވެ އެއްވެސް ކަމެއް ނުކުރެވި ގަނޑުވެފައި އިނުން ނޫންކަމެއް އަބްދުއްރަހީމަށް ރައްޔިތުންގެ ހައްޤުގައި ނުކުރެވުނެވެ. އެންޓި-ޑިފެކްޝަން ގާނޫނަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ މުއިއްޒަށް ޕީއެންސީގެ މަޖިލީސް ކޮންމެ މެމްބަރަކު ބޭނުން ވަގުތެއްގައި މަގާމުން ވަކި ކުރެވޭ ގޮތް ހަދައި ދިނުމެވެ. އެކެއްގެ މައްޗަށް މިހާބޮޑެތި ބާރުތައް ދިނުން ހެޔޮ ނުވާނެއެވެ.

މިކަމުގެ ހިތި ރަހަ އަބްދުއްރަހީމް ދެކޭނެއެވެ.