ޚަބަރު

އެޑިޔުކޭޝަން މިނިސްޓްރީއިން ޒަމްޒަމް ފާރިޝް ކުޑަ ކުދިންނާއި ބެހުނުކަން ކަށަވަރުކޮށް، އެ މައްސަލަ ފުލުހަށް ހުށައަޅާފައި ވަނިކޮށް، ޗައިނާއިން އޭނާ ސްޕޮންސަރ ކޮށްގެން އެޤައުމަށް ގެންގޮސްފި

ދިޔަވަރު
އެޑިޔުކޭޝަން މިނިސްޓްރީއިން ޒަމްޒަމް ފާރިޝް ކުޑަ ކުދިންނާއި ބެހުނުކަން ކަށަވަރުކޮށް، އެ މައްސަލަ ފުލުހަށް ހުށައަޅާފައި ވަނިކޮށް، ޗައިނާއިން އޭނާ ސްޕޮންސަރ ކޮށްގެން އެޤައުމަށް ގެންގޮސްފި

އެޑިޔުކޭޝަން މިނިސްޓްރީއިން ޒަމްޒަމް ފާރިޝް އަރަބިއްޔާގެ އެތައް ކުޑަކުދިންތަކަކާއި ބެހުނުކަން ކަށަވަރުކޮށް، ފުލުހަށް އެ މައްސަލަ ހުށައަޅާފައިވަނިކޮށް، ޗައިނާއިން އޭނާ ސްޕޮންސަރ ކޮށްގެން އެޤައުމަށް ގެންގޮސްފިއެވެ. ޗައިނާއިން އޭނާ އެޤައުމަށް ގެންގޮސްފައިވަނީ ރައީސް މުއިއްޒު އާއި، އިސްލާމިކް މިނިސްޓަރާއި އޭނާ އާއި ދެމެދު އޮންނަ ގާތް އެކުވެރި ކަމުގެ ތެރެއިން، ސަރުކާރުން އޭނާ ރިކޮމެންޑް ކޮށްގެން ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާ ޗައިނާއަށް ފޮނުވާފައިވަނީ ފާއިތުވި އޮކްޓޯބަރު މަހުގައެވެ.

ޗައިނާގައި އުއިގާރ މުސްލިމުންނަށް އަނިޔާ ކުރަމުންދާ ވާހަކަ އާންމުންގެ ތެރޭގައި ފެތުރެން ފެށުމުން، އެކަމަށް ރައްދު ދިނުމަށް، ޗައިނާގައި އެފަދަ ކަމެއް ނުހިނގާ ކަން ދެއްކުމަށް އެ ޤައުމުން ދަނީ ރާއްޖޭގެ ދީނީ މީހުން ކަމަށް ބެލެވޭ މީހުން އެ ޤައުމަށް ގެންގޮސް ހަޤީގަތް އޮޅުވާލަމުންނެވެ.

އުއިގާރ މުސްލިމުންގެ މިލިއަނެއްހާ މީހުން ތިބީ އެއްވެސް ހުކުމެއް ނުކޮށް ޖަލުތަކުގައެވެ. އެމީހުންނަށް ޤުރުއާން ކިޔެވުމާއި، ތުރުކީގައި ދިރިއުޅޭ އެމީހުންގެ ނަސްލުގެ ގާތްތިމާގެ މީހުންނަށް ގުޅުމާއި، ނަމާދު ކުރުމާއި މި ހުރިހާ ކަމެއް ވަނީ މަނާކޮށްފައެވެ. އަދި ގިނަ މިސްކިތްތަކެއްވެސް ތަޅާ ލާފައެވެ.

ކުޑަކުދިން އެމީހުންގެ ޅަފަތުގައި ގެންގޮސް އެމީހުން ޔަތީމް ހާނާތަކަށް ލައި، އިސްލާމް ދީން އެމީހުންނަށް ނޭނގޭހެން ދަނީ އަމަލުތައް ހިންގަމުންނެވެ.

ރާއްޖެއިން ގެންދާ ދީނީ އިލްމުވެރިންނަކީ އެމީހުންނަށް ދޭ ދަތުރާއި އެކު، މުސްލިމުންނާއި މެދު އޮތް ލޯތްބާއި ކުލުނު ފިލައިގެން ދާނެ ބައެއް ކަމަށް ޗައިނާއިން ދެކެއެވެ. މަންޒަރު ފެންނަނީވެސް އެހެންނެވެ. ރާއްޖޭގެ އެއްވެސް ދީނީ އިލްމު ވެރިއަކު ޗައިނާއިން މުސްލިމުންނަށް ދޭ އަނިޔާއާއި މެދު އެއްވެސް ބަހެއް ނުބުނެއެވެ. އަދި މިހާރު ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުން ދޭ އަނިޔާ އާއި މެދުވެސް އެމީހުންގެ އެއްވެސް ފަރުވާލެއް ނެތެވެ. އިޒްރޭލާއި ދެކޮޅަށް އަދާލަތުން ބާއްވަން އުޅުނު ހިނގާލުން ހުއްޓުވީ ސަލަފުގެ މީހުންނެވެ.

ސަލަފުގެ ރުހުމާއި އެކު މުއިއްޒު ދަނީ ދެ އަންހެން ކަނބަލަކު އިޒްރޭލާއި ދެކޮޅަށް އަޑު އުފުލައިގެން ޖަލަށް ލުމަށްފަހު، ސަލާމަތް ވުމުން އަނެއްކާ ޖަލަށް ލުމަށް އެމައްސަލަ ޕީޖީއަށް ވައްދާފައެވެ.

ޒަމްޒަމް ފާރިޝް އަކީ ކުޑަކުދިންނާއި ބެހޭ މީހެކެވެ. އޭނާ އަކީ ދީނީ އިލްމުވެރިއެއް ނޫނެވެ. އޭނާ އަކީ ޖަލުގައި ހުންނަން ޖެހޭ މީހެކެވެ. ނަމަވެސް ޖަލުގައި މިހާރު ތިބި ކުޑަކުދިންނާއި ބެހޭ އެތައް ބަޔަކު މުއިއްޒު ވެރިކަމަށް އައިސް ވަނީ ދޫކޮށްލާފައެވެ.