ޚަބަރު

އިންޑިޔާއިން ދިވެހި ރައްޔިތުންނަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ، ހަކުރު ކޮޅުންވެސް މި ސަރުކާރުން ނިންމީ ރައްޔިތުން މަހުރޫމް ކޮށް ވައްކަން ކުރަން ކަމަށް ބުނެ ރައްޔިތުންގެ ނުރުހުން

ދިޔަވަރު
އިންޑިޔާއިން ދިވެހި ރައްޔިތުންނަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ، ހަކުރު ކޮޅުންވެސް މި ސަރުކާރުން ނިންމީ ރައްޔިތުން މަހުރޫމް ކޮށް ވައްކަން ކުރަން ކަމަށް ބުނެ ރައްޔިތުންގެ ނުރުހުން

އިންޑިޔާއިން ދިވެހި ރައްޔިތުންނަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ، ހަކުރު ކޮޅުންވެސް މި ސަރުކާރުން ނިންމީ ރައްޔިތުން މަހުރޫމް ކޮށް ވައްކަން ކުރަން ކަމަށް ބުނެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒު ވެއްޖެއެވެ.

ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ހާއްސަ އަގުގައި އެ ގައުމުން ރާއްޖެއަށް ވިއްކި ހަކުރު ޝިޕްމަންޓެއް ސްރީ ލަންކާއަށް ގެންދިޔަ މައްސަލައެއް ގައެވެ. މި ކަން ފެންމަތިވެ އެ ދެ ގައުމުގެ އިދާރާތަކުން އެ މައްސަލަ ބަލަން ފަށައިފި ވީ ނަމަވެސް، ދިވެހި ސަރުކާރުން މި މައްސަލަ ދަނީ ސިއްރު ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ލިޔެކިޔުންތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން ރާއްޖެއަށް ވިއްކި އެތައް ހާސް ޑޮލަރެއްގެ ހަކުރު ވަނީ އެހެން ގައުމުތަކަށް ގެންގޮސްފަ އެވެ. އޭގެތެރޭގައި މެލޭޝިއާވެސް ހިމެނެ އެވެ.

މި ވާހަކަތައް ސޯޝަލް މީޑިޔާގައި އާއި ބައިނަލްއަގުވާމީ މީޑިޔާތަކުގައި ދެކެވޭތާ ދެދުވަސް ވީއިރުވެސް މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ނުދީ ސަރުކާރުން ދަނީ ވީހާވެސް ބޮޑަށް މިކަން ސިއްރު ކުރަމުންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން އިންޑިއާގެ ޑައިރެކްޓަރަޓް ޖެނެރަލް އޮފް ފޮރިން ޑްރޭޑް (ޑީޖީއެފްޓީ) އަދި ލަންކާގެ ބައެއް އިދާރާތަކުން ބަލަމުންދަނީ އޮކްޓޯބަރު 25، ގައި އެގައުމުން ބޭރު ކުރި 64 ހާސް ޓަނުގެ ހަކުރު ޝިޕްމަންޓެއްގެ މައްސަލަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން އޭގެ ތެރެއިން ބައެއް ލަންކާގެ ޕޯޓުން ވަނީ ފެނިފަ އެވެ. އެ ޝިޕްމަންޓު ކްލިއާ ކުރުން ހުއްޓާލާ ރާއްޖެއަށް ހާއްސަ އަގުގައި ވިއްކި ހަކުރު ގަތީ ލަންކާގެ ކޮން ކުންފުނިތަކަކުންތޯ ބަލަމުންދާ ކަމަށްވެ އެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ހަކުރު އެކްސްޕޯޓުކުރުން ހުއްޓާލާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް، މިކަން އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި އަހަރު ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް ހާއްސަ ރޭޓުގައި ރާއްޖެއަށް ވިއްކި 80 އަށްވުރެ ގިނަ ހަކުރު ކޮންޓެއިނަރު ވަނީ ލަންކާއަށް ގެންގޮސްފަ އެވެ.

ވިޔަފާރީގެ ގޮތުން ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވާ އިންޑިއާއާއެކު މިހާރު އޮތް އެއްބަސްވުމުގެ ދަށުން ހާއްސަ އަގުތަކުގައި ފަސޭހައިން ވިއްކާ ތަކެތީގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، ފިޔާ، މުގު، ހިލަ އަދި ހިލަވެލި ހިމެނެ އެވެ.