އެމެރިކާއިން މުއިއްޒަށް އެންގި ގޮތަށް، އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓް މަނާ ނުކޮށް، އިޒްރޭލު މިލިޓަރީއަށް މަނާ ކުރަނީ ކަމަށް ބުނެ އޮޅުވާލައިގެން މިކަން ނިންމުމަށް މަޖިލީހަށް އަންގައިފިއެވެ. ނަމަވެސް އިޒްރޭލް މިލިޓަރީ މީހުންގެ ލިސްޓެއް ދިވެހި ސަރުކާރުގައި ނެތެވެ. އަދި އެއީ އެއްވެސް ބަޔަކު އަތުގައި އޮތް އެއްޗެއް ނޫނެވެ. އިޒްރޭލުގެ މިލިޓަރީ އާއި އެ ޤައުމުގައި ތިބި މި ޤަތުލުއާންމުގައި ސީދާ ގުޅުން ހުޅި ފަރާތްތަކަކީ އެމެރިކާއާއި އިޒްރޭލުން ރައްކާތެރިކަން ދީފައިވާ ބައެއް ކަމުން އެ މީހުންނަކީ ކޮބައި ކަމެއް ދުނިޔޭގެ އެއްވެސް ޤައުމެއްގެ އެއްވެސް ބަޔަކަށް ނޭނގެއެވެ. އެހެންކަމުން ނަމެއްގައި އިޒްރޭލް ޕާސްޕޯޓް މަނާ ކޮށްފީމޭ ބުނުމުގެ ބޭނުމުގައި، ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް އެމެރިކާއިން މުއިއްޒަށް ދެއްވި މަޝްވަރާއާއި އެކު އެގޮތަށް އެކަން ކުރުމަށް ރައީސް މުއިއްޒު އޭނާގެ ކޮންޓްރޯލް ކުރާ މަޖިލީހަށް އަންގައިފިއެވެ.
އިޒްރޭލު ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތް ހަދާނެ ކަމަށް ރައީސް މުއިއްޒު ނިންމެވީ، ކެބިނެޓުން އެކަން ފާސްކޮށްގެންނެވެ.
މިކަން މި ގޮތަށް ނިންމައި ބައިނަލްއަގްވާމީ މީޑިޔާގައިވެސް ދިވެހި ސަރުކާރުން ވަނީ މި މައުލޫމާތު ހިއްސާ ކޮށްފައެވެ. ނަމަވެސް، ރައީސް މުއިއްޒު އިޒްރޭލުގެ މިލިޓަރީ ފަރާތްތަކަށް އެކަނި ރާއްޖެ އަށް ނާދެވޭ ގޮތަށް ނިންމާ ނިންމުން ވެގެން ދާނީ، ބޭރުގެ ޤައުމުތަކުން ރާއްޖެއަށް މަލާމާތްކޮށް ހޭނެ ކަމަކަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ މޮޔައިންތޯ އެމީހުން ސުވާލު އުފައްދާނެއެވެ.