ޚަބަރު

ގޭންގް ބިލަކީ، މުއިއްޒު އަންގާ، ނޫސްވެރިންނާއި، ސިޔާސީ ފަރާތްތައް އެއީ ގޭންގް މެމްބަރުން ކަމަށް ކަނޑައަޅައި ރައްޔިތުންނަށް އަނިޔާވެރިވުމަށް ތައްޔާރު ކުރި ބިލެއް. މުއިއްޒު ވެރިކަމަށް ގެނައީ ގޭންގްތަކުން!

ދިޔަވަރު
ގޭންގް ބިލަކީ، މުއިއްޒު އަންގާ، ނޫސްވެރިންނާއި، ސިޔާސީ ފަރާތްތައް އެއީ ގޭންގް މެމްބަރުން ކަމަށް ކަނޑައަޅައި ރައްޔިތުންނަށް އަނިޔާވެރިވުމަށް ތައްޔާރު ކުރި ބިލެއް. މުއިއްޒު ވެރިކަމަށް ގެނައީ ގޭންގްތަކުން!

ގޭންގް ބިލަކީ، މުއިއްޒު އަންގާ، ނޫސްވެރިންނާއި، ސިޔާސީ ފަރާތްތައް އެއީ ގޭންގް މެމްބަރުން ކަމަށް ކަނޑައަޅައި ރައްޔިތުންނަށް އަނިޔާވެރިވުމަށް ތައްޔާރު ކުރި ބިލެއް ކަމަށް ޕީއެންސީ މަޖިލީސް މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވާފިއެވެ.

މުއިއްޒު ވެރިކަމަށް ގެނައީ ގޭންގްތަކުން ކަމަށާއި، ފާއިތުވި އެއް އަހަރު ތެރޭ އެއްވެސް ގޭންގް ލީޑަރެއް ހައްޔަރުކޮށް އެއްވެސް ކުށެއްގައި އެއްވެސް މީހަކާއި ދޭތެރޭ އެއްވެސް ތުހުމަތެއްވެސް މި ސަރުކާރުން ކޮށްފައި ނުވާ ކަމަކީ، މި ބިލަކީ ގޭންގުތަކާއި ގުޅުމެއް ނެތް ބިލެއްކަން ހާމަ ކޮށްދޭ ކަމެއް ކަމަށް އޭނާ ހާމަ ކުރިއެވެ.

މިހާރުވެސް ޤާނޫނު ތަންދޭ ކުށްވެރިން ހައްޔަރުކޮށް އަދަބު ދިނުމަށް. ސީދާ ހޯމް މިނިސްޓަރގެ ބައްޕާފުޅު ގޭންތަކާއި ގުޅުން ހުރި ފޮޓޯތައް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައި. ޑްރަގް ހުރިހާ ލީޑަރުންނެއް ސަރުކާރަށް އެނގޭ. ނަމަވެސް އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އެޅުމެއް ހުއްޓުމެއް ނެތް.

ރާއްޖެއަށް ވެއްދި ޑްރަގްތަކެއް ލަންކާއިން ރާއްޖެއަށް މައުލޫމާތު ދީގެން ހުއްޓުވީމާ އެކަމުގެ ކްރެޑިޓް މުއިއްޒު ނެގީ. މިއީ މި މީހުންގެ ފެންވަރަކީ.

އޭނާ ދިޔަވަރު ނޫހަށް ކިޔައިދިނެއެވެ. އިތުރަށް މައުލޫމާތު ދެމުން، މުއިއްޒު ބޭނުންވަނީ ޤަނޫނުގެ ތެރެއިން ރާއްޖޭގައި ޕޮލިސް ސްޓޭޓެއް ޤާއިމު ކުރުމަށް ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ރާއްޖޭގައި ކުށްވެރިން ގިނަވެ، ގޭންގްތަކުގެ ކުށްތައް އިންތިހާއަށް އިތުރުވެފައިވާއިރު، ފާއިތުވި ރައީސް މުއިއްޒުގެ 1 އަހަރުގެ ވެރިކަމަކީ ރައްޔިތުންނަށް ރައްކާތެރިކަން ގެއްލި، ކުށްތައް އިތުރުވި އަހަރެކެވެ.

ވެރިކަމަށް އައުމަށް އޮތް ތަރުޚީބު ދެއްކުމަށް މުއިއްޒު ވަނީ، ސައިކަލް ތަކުގައި ރާއްޖޭގައި ތިބި ބޮޑެތި ޑްރަގް ވިޔަފާރި ކުރާ ފަރާތްތައް ނެރެ، މާލެތެރޭ ބުރު ޖަހާފައެވެ.