ޚަބަރު

ފަތުރުވެރިން އަތުން ނަގާ ފީތައް މުއިއްޒު އިތުރު ކުރި ވާހަކަ ދުނިޔޭގެ މީޑިޔާތަކުގެ ފަލަ ސުރުހީތަކަށް އަރައި ރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާވެސް މުއިއްޒުގެ ސަބަބުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް

ދިޔަވަރު
ފަތުރުވެރިން އަތުން ނަގާ ފީތައް މުއިއްޒު އިތުރު ކުރި ވާހަކަ ދުނިޔޭގެ މީޑިޔާތަކުގެ ފަލަ ސުރުހީތަކަށް އަރައި ރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާވެސް މުއިއްޒުގެ ސަބަބުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް

ފަތުރުވެރިން އަތުން ނަގާ ފީތައް މުއިއްޒު އިތުރު ކުރި ވާހަކަ ދުނިޔޭގެ މީޑިޔާތަކުގެ ސަމާލުކަމަށް އައިސް ރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާވެސް މުއިއްޒުގެ ސަބަބުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

ރާއްޖެއަށް އައުމަށާއި، ރާއްޖެއިން ނުކުތުމަށް ޓުއަރިސްޓުން އިތުރު ޚަރަދެއް ކުރަން ޖެހޭ ކަމަށް ބުނެ ލިޔެފައިވާ ސުރުހީތަކުން، ރާއްޖެ ދަތުރުކުރަން ރަނގަޅު މަންޒިލެއް ގޮތުގައި އޮތް ތަސައްވަރަށް ވަނީ ބުރުއަރާފައެވެ.

މި ޚަބަރުތައް އެތައް މީޑިޔާ އަކުން ގެނެސްފައިވާއިރު، ސީއެންއެން ފަދަ މީޑިޔާތަކުންވެސް މި ވާހަކަތައް ވަނީ ގެނެސްފައެވެ.

މި ފީތައް ޓިކެޓްގެ އަގުތަކަށް އިތުރުވެ، ބަޖެޓް އެއަރލައިން ތަކުން ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލުމަކީ ނުވަތަ އެފަދަ އެއާލައިން ތަކުން ބަޖެޓްކޮށް ރާއްޖެއަށް ދަތުރު ކުރެވޭކަމަށް ދުނިޔެއަށް އިސްތިހާރު ކުރުމަކީ މިހާރު ދަތި ކަމެކެވެ.

ރާއްޖޭގެ ހުރިހާ ސިނާއަތްތަކަކަށް ރައީސް މުއިއްޒުގެ ނާގާބިލުކަމުގެ އަސަރުކޮށް، ސިނާއަތްތައް ދަނީ ފުނޑު ފުނޑު ވަމުންނެވެ. މި ގޮތުން މަސްވެރިން މަހަށް ދިޔުން ހުއްޓިފައިވަނީ، އެމީހުންނަށް ސަރުކާރު ދަރާފައިވާ ފައިސާ ނުދޭތީއެވެ.

ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ބޭންކްރަޕްޓް ވަމުން ދަނީ، ސަރުކާރުން ދޭން ހުރި ފައިސާ ހިފަހައްޓައި، އެއިން ކޮރަޕްޝަނާއި ވައްކަން ކުރަމުން ދާތީއެވެ.

ޓުއަރިޒަމް އިން އެމީހުންގެ މަސައްކަތުން ހޯދާ ފައިސާ އެއްވެސް ސަބަބެއް ނެތި އެއިން ބޮޑު ބައެއް ސަރުކާރަށް މާރުކުރަން މަޖުބޫރު ކޮށް، އެ މީހުންގެ އަތުގައި ހުރި ފައިސާ ފޭރިގަތުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ސިނާއަތްތައް ހަލާކު ކޮށްލި ކަމުގެ ޒިންމާ ނަގައި މުއިއްޒު އިސްތިއުފާ ދޭން ޖެހެއެވެ. ރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅޭނީ ރައީސް މުއިއްޒު އިސްތިއުފާ ދީގެންނެވެ. ރައްޔިތުންނަށް ފަސޭހަކަމެއް އޮތީ އޮގޮތުގައެވެ.