މުއިއްޒު އާއި، މަލްޝާއާއި، ޝިއުނާގެ ސަބަބުން އޮކްޓޯބަރުގެ ނިޔަލަށް އިންޑިޔާއިން ރާއްޖެއަންނަ ފަތުރުވެރިން މަދުވެ، 190 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނުކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރު، އޮކްޓޯބަރުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ އިންޑިޔާގެ ފަތުރުވެރިންގެ އަދަދަކީ 101,179 ފަތުރުވެރިންނެވެ. 2023 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ އިންޑިޔާގެ ފަތުރުވެރިންގެ އަދަދަކީ 164,466 ފަތުރުވެރިންނެވެ. 63,287 މީހުން ވަނީ މަދުވެފައެވެ. މިއީ މީގެ ކުރިން ކޮންމެ އަހަރަކުވެސް އިތުރު ވަމުން އައިސްފައިވާ އަދަދެކެވެ. މިއިން ކޮންމެ ފަތުރުވެރިއަކު ރާއްޖޭގައި ހުރުމަށް އެވްރެޖް ގޮތެއްގައި 3000 ޑޮލަރު ހޭދަ ކުރާނެ ކަމަށް ބަލާނަމަ އެއީ 190 މިލިއަން ޑޮލަރެވެ. އެ އަދަދު އޭގެ ދެގުނައަށް ކުޑަ ކުރިއަސް އެއީ 94 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން މި ފަރާތްތަކުގެ އަތުން އެއަރޕޯޓް ޑިވެލޮޕްމެންޓްގެ ފީގެ ގޮތުގައި ސަރުކާރަށް ލިބޭނެ 1.8 މިލިއަން ޑޮލަރުވެސް މި ވަނީ ސީދާ މުއިއްޒު އާއި، މަލްޝާއާއި، ޝިއުނާގެ ސަބަބުން ގެއްލިފައެވެ.
ފަތުރުވެރިކަމަށް މިހާ ބޮޑު ގެއްލުމެއް އެއްވެސް ޤައުމެއްގެ ސަރުކާރަކުން އެ ޤައުމެއްގެ ރައްޔިތުންނަށް ދީފައި ނުވެއެވެ. މިކަން މިހެން ހިނގާފައިވަނީ މުއިއްޒުގެ ކިބާގައި ވެރިކަން ކުރުމުގެ ޤާބިލުކަން ނެތުމުންނެވެ. މުއިއްޒަކީ ރައްޔިތުންނަށް ހެޔޮ އެދޭ ވެރިއެއް ނަމަ، އޭނާ މިއަދު އިސްތިއުފާ ދޭނެއެވެ.
އަދި ރާއްޖޭގެ އިޤްތިޞާދަށް މުއިއްޒުގެ ފަރާތުން ލިބުނު ގެއްލުމުގެ ދައުވާ އޭނާ އާއި އޭނާގެ މިނިސްޓަރުންނާއި ދެކޮޅަށް އެފައިސާ ހޯދުމަށް ކުރަން ޖެހެއެވެ.