ޚަބަރު

ޑިމޮކްރެޓްސްގެ ނާއިބް ރައީސް، އެމްޑީޕީއަށް ފާޑު ކިޔައި، ރާއްޖޭގެ ހާލަތު މިދަރަޖައަށް ވެއްޓުނީ ފައިސާ ޗާޕްކުރުމުން ކަމަށް ބުނެ، އަދި މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ނުކުރާ ކަމަށް ބުނެފި

ދިޔަވަރު
ޑިމޮކްރެޓްސްގެ ނާއިބް ރައީސް، އެމްޑީޕީއަށް ފާޑު ކިޔައި، ރާއްޖޭގެ ހާލަތު މިދަރަޖައަށް ވެއްޓުނީ ފައިސާ ޗާޕްކުރުމުން ކަމަށް ބުނެ، އަދި މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ނުކުރާ ކަމަށް ބުނެފި

އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގެ - ފަސްވަން ސީޒަންގެ 3 ވަނަ އެޕިސޯޑުގައި ޑިމޮކްރެޓްސްގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، އެމްޑީޕީއަށް ފާޑު ކިޔައި، ރާއްޖޭގެ ހާލަތު މިދަރަޖައަށް ގޮސްފައިވަނީ، ފައިސާ ޕްރިންޓް ކުރުމުން ކަމަށް ބުނެފިއެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ނުކުރާ ކަމަށާއި، 2023ގެ އިންތިހާބުގައި އެބޭފުޅުން ނިންމެވީ އެއްވެސް ފަރާތަކަށް ތާޢީދު ނުކުރުމަށް ކަމަށް ވަނީ ހާމަ ކުރައްވާފައެވެ.

ކުރިން ރާވާފައިވަނީ، ދަރަނި ދޫކުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން ލުއި ގޮތްތައް ހޯދައިގެން ދަރަނި އަދާކުރުން. އެހެން ނަމަވެސް، އޭގެ ބަދަލުގައި ދަރަނި ދައްކަން ބޮޑުކޮށް ދަރަނި ނަގަން ފެށި. އޭގެން އަރައި ނުގަންނަތަން އޭރުގައިވެސް އެބަ ފެނޭ.

ރުފިޔާ ޗާޕް ކޮށްގެން، ދަރަނި ނަގައިގެން، މީހުންގެ ބޭނުންތައް ފުއްދަމުން ދިޔާމަ، މީހުންނަށް އެ ވާގޮތެއް އިހްސާސް ނުވެދާނެ.

ކަމަށް އޭނާ ހާމަ ކުރިއެވެ. ނަމަވެސް އެކަންކަމުން ޤައުމުވީ އިތުރަށް ދަރަނިވެރިކަމަށް ބުނެ، އެމްޑީޕީއަށް ވަނީ ހަރުކަށިކޮށް ފާޑު ވިދާޅުވެފައެވެ.

ޑިމޮކްރެޓްސް އިން މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ނުކުރާ ކަމަށް ބުނެ، ޝިފާޒު ދޮގު ހަދާފައިވާއިރު، ޑިމޮކްރެޓްސްގެ ރައީސް ވަނީ މީގެ 3 މަސް ކުރިން، ފުވައްމުލަކުގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ސަރުކާރާއި އެކު ޑިމޮކްރެޓްސް ތިބި ކަމަށް ވިދާޅުވެ، އެކަމުގެ ޔަގީން ކަން ރައްޔިތުންނަށް އަރުވާފައެވެ.

އަދި އެމްޑީޕީ ރޫޅާ ލާނެ ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ވެރިކަން ނުދިނުމަށް ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އެކަން ކުރުމަށް ޑިމޮކްރެޓްސް ތިބީ ތައްޔާރަށެވެ. ޑިމޮކްރެޓްސް މިހާރުވެސް މަސައްކަތް ކުރަމުން ދަނީ އެމްޑީޕީ ރޫޅާލުމަށެވެ.

ޑިމޮކްރެޓްސް އާއި އެމްޑީޕީއަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމުން، އެއް ޕާޓީ އަށް ލިބޭ ސަޕޯޓަކީ އަނެއް ޕާޓީއަށް ގެއްލޭ ސަޕޯޓެވެ. ނުވަތަ ވޯޓެވެ. އެމްޑީޕީ އެތެރެއިން ބަލިކަށި ކުރުމަށް ނުބައި ރޭވުންތަކެއް ރައީސް ނަޝީދު އާއި ޑިމޮކްރެޓްސްގެ ލީޑަރޝިޕުން ދަނީ ރާވަމުންނެވެ. މިފަދަ ވީޑިޔޯ ޕްރޮގްރާމްތަކުގައި އެމްޑީޕީއާއި ގުޅޭ ގޮތުން އަސްލެއް ނެތް ދޮގު ވާހަކަތައް ޑިމޮކްރެޓްސް އިން ފަތުރަމުން ގެންދަނީ އެ މަގުޞަދުގައެވެ.

ޑިމޮކްރެޓްސްގެ 30 އެތައް މީހަކަށް މުއިއްޒު ވަނީ ވަޒީފާވެސް ދީފައެވެ. މީގެ ތެރޭގައި ޕާޓީގައި އިސްކޮށް އުޅުނު ބައެއް ފަރާތްތައްވެސް ހިމެނެއެވެ.