ރައީސް މުއިއްޒުގެ ދިމްޔާތަށް ބާޒާރުކުރުމާއި ގޭގެ ކަންކަން ބަލަހައްޓަން ހުންނަ ހއ. ވަށަފަރު މީހެއްކަމަށްވާ އަބްދުﷲ ޒާހިރު ނަމުގައި އެކަނި 2024 ވަނަ އަހަރުގެ މަރިޗް މަހު އުފައްދާފައިވާ މޯލްޑިވެސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ އެމްއެމް ޓީވީ އަކީ ރާއްޖޭގައި މިހާތަނަށް އުފައްދާފައިވާ އެއްމެ ފުރިހަމަ ޓީވީ ސްޓޭޝަން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން އެ ސްޓޭޝަން ސެޓަޕް ހަދައި ހުރިހާ ކަމެއް ފުރިހަމަކުރުމަށް 48،000،000 (ސާޅީސް މިލިއަން) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެއްމެ ޒަމާނީ ވަސީލަތްތަކާއެކު ތަނަވަސް ޖާގާގައި ހުރިހާ ސެޓަޕެއް ނިންމައި ނޮވެމްބަރ 11 ވަނަ ދުވަހުގެ 11:00 ގައި ޓެސްޓް ސިގްނަލް ފަށާފައިވާ އެމްއެމް ޓީވީ މިރޭ 8 ގެ ޚަބަރާއެކު ރަސްމީކޮށް މިރޭ ފަށާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޑީއާރުޕީގެ ނައިބް ރައީސް ކަން ކުރިން ކުރައްވާފައިވާ އަޙްމަދު ތަސްމީން އަލީގެ އާއިލީ ގެ ކޮޅު ކަމަށްވާ މައްޗަންގޮޅި ސީރާޒީގޭގައި ސްޓޭޝަން ގާއިމްކޮސްފައިވާ އެ ސްޓޭޝަން ހިންގުމަށް ކުއްޔަށް ހިފާފައިވާ އެ ގޭގެ 5000 އަކަފޫޓުގެ 4 ފްލޯރގެ މަހު ކުއްޔަކީ މަހަކު 600،000ރ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މޯލްޑިވްސް މީޑިއާ ހައުސް ޕްރައިޓް ލިމިޓް ރަޖިސްޓަރީ ކޮށްފައިވާ ހއ.ވަށަފަރު އަބްދުﷲ ޒާހިރު އަކީ ކުރިން ވަށަފަރު ކައުންސިލަރުކަން ކުރުމަށްފަހު ދިމްޔާތުގައި ގޭގެ ކަންކަން ބެލެހެއްޓުމާ ޚަވާލުވެ ހުރި ފަރާތެވެ. އަބްދުﷲ ޒާހިރު އާގުޅޭގޮތުން ލިބިފައިވާ މައުލޫމާތުން އޭނާ އަކީ އަލަންގިރި މައްސަލާގައި ހިމެނޭ ފަރާތެއް ކަމަށާއި އެމައްސަލާގައި އޭނާ އާއި ދިމާކޮށް ފަހާދުވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މީގެ ކުރިން މީސްމީޑިއާގައި ދައުރުވެފައިވާކަމަށްވެއެވެ.
އަލަމްގިރި މައްސަލާގައި ދިމްޔާތުގެ މަސައްކަތްތަކާ ދުވަސްކޮޅަކަށް އޭނާ ދުރުކުރުމަށްފަހު މުއިޒު ކެމްޕެއިން ފެށިފަހުން އަނެއްކާވެސް އަނބުރާ ދިމްޔާތުގެ މަސައްކަތްތަށް އޭނާއާއި ޚަވާލުކޮށްފައިވާ ކަމަށްވެއެވެ. އެހާ ހިސަބުން ދިމްޔާތަށް ކެމްޕެއިންތެރޭގައި ވަޑައިގަންނަވާ އިސް ފަރަތްތަކަށް ސައިފޮދު އެރުވުމާއި މެހެމާންދާރީގެ ކަންކަން ހަމަޖައްސައި ދިނުމުގައި އޭނާ ބޭނުންކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހަރުވެސް އަޙްމަދު ޒާހިރު ކުރާ މަސައްކަތަކީ އެއީ ކަމަށް ދިމްޔާތަށް ވަންނަ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.
އެމެއެމްޓީވީ އަކީ އަބްދުﷲ ޒާހިރު ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯލްޑިވެސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ގެ ދަށުން ރަޖިސްޓަރީކޮސްފައިވާ ޓީވީ ޗެނަލެއް ނަމަވެސް އަބްދުﷲ ޒާހިރު އެ ޓީވީ ޗެނަލް ހިންގާ އިމާރާތައް އެއްވެސް ގޮތަކަށް ނުދާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޓީވީ ޗެނަލް ސެޓަޕް ހެދުމާއި އިދާރީ ހުރިހާ ކަމަކާއި ހިންގުމުގެ ހުރިހާ ކަމެއް ރާވައި ހިންގަނީ ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހިމް ޚަލީލް އާއި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ކަމުގެ މަޤާމުގައި ހުރި އިކްރާމްއެވެ.