ޚަބަރު

‏ރާއްޖޭގެ ޤާނޫނު ތަކާއި، ރާއްޖެއިން ސޮއެ ކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފަށް މުއިއްޒުގެ އެމްއެމް ޓީވީއަށް މުއައްޒަފުން ނަގާފައި ވަނީ ވަޒީފާގެ އެއްބަސްވުން ނަހަދައި!

ދިޔަވަރު
‏ރާއްޖޭގެ ޤާނޫނު ތަކާއި، ރާއްޖެއިން ސޮއެ ކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފަށް މުއިއްޒުގެ އެމްއެމް ޓީވީއަށް މުއައްޒަފުން ނަގާފައި ވަނީ ވަޒީފާގެ އެއްބަސްވުން ނަހަދައި!

‏‏ރާއްޖޭގެ ޤާނޫނު ތަކާއި، ރާއްޖެއިން ސޮއެ ކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފަށް މުއިއްޒުގެ އެމްއެމް ޓީވީއަށް މުއައްޒަފުން ނަގާފައި ވަނީ ވަޒީފާގެ އެއްބަސްވުން ނަހަދައެވެ.

އޮކްޓޯބަރުން ފެށިގެން އެމްއެމް ޓީވީގައި މަސައްކަތްކުރަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ 2 މުވައްޒަފުންނާއި، ވެމްކޯގެ 3 މުވައްޒަފުންނާއި، އެމްއޭސީއެލް ގެ 2 މުވައްޒަފުންނާއި ރައީސް އޮފީިހުގު 3 މުވައްޒަފުންނާއި ޓީވީއެމްގެ މުވައްޒަފަކާއި ފެނަކައިގެ މުވައްޒަފެކެވެ. އެ ފަރާތްތަކަށް އިކްރާމް އަންގާފައިވަނީ އެމީހުންނަށް މިހާރު މަސައްކަތް ކުރާ ކުންފުނިތަކުން މުސާރާއިގެ ބޮޑުކުރިއެރުމެއް ދޭނެ ކަމަށާއި ފަހުން އެމްއެމް ޓީވީން ވެސް މުސާރައެއް ދޭން ފަށާނެ ކަމަށެވެ.

އެހެން ކަމުން އެތަނަށް މުސާރަ ދިނުމަށް ނަމުގައި ޕީއެންސީގެ އެކި ސިޔާސީ ފަރާތްތަކުން އިކްރާމް އާއި ޚަލީލު ނަގާފައިވާ ފައިސާ އަށް ވާ ގޮތެއް ސާފެއް ނުވެއެވެ. މުއިއްޒު ޓީވީގެ އެޗްއާރު ޚަރަދު ތަކަށް ކަމަށް ބުނެ ދަނީ ޕީއެންސީގެ އެކި ފަރާތްތަކުން ފައިސާ ނަގަމުންނެވެ.

‏މިހާތަނަށް އެމްއެމް ޓީވީގައި މަސައްކަތް ކުރާ ފާރާތްތަކުގެ ތެރެއިން ސަރުކާރަށް ނިސްބަތް ނުވާ ތިބީ 2 މީހުން އެއީ އަންހެން ކުއްޖަކާ ފިރިހެންކުއްޖެކެވެ. އެ 2 މީހުންނަށް ވެސް މުސާރައެއް ކަނޑައަޅައި ވަޒީފާ އެއްބަސްވުމެއް ހަދާފައެއް ނުވެއެވެ.

‏ނޮވެމްބަރު މަސް ތެރޭގައި އެމްއެމްޓީވީ އަށް އިންޓަވިއުކުރި ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ހޮވުނު ފަރާތްތަކަށް ކުންފުނިތަކުން މިހާރު ދަނީ ވަޒީފާ ހަމަޖައްސަމުންނެވެ. 

‏އެމްއެމްޓީވީގައި މަސައްކަތްކުރާ ކުންފުނިތަކުގެ މުވައްޒަފުން އެ މީހުންގެ ވަޒީފާ އަށް ކުންފުންޏަށް ނިކުތުމުގެ ބަދަލުގައި ނިކުންނަންޖެހެނީ އެމްއެމް ޓީވީއަށެވެ.

މިއީ ރައްޔިތުންގެ ފައިސާ އަށް މުއިއްޒު އަންގައިގެން އޭނާގެ ޓީވީގައި ވަމުންދާ ބޮޑެތި ހިޔާނާތް ތަކެވެ. ވައްކަމާއި ކޮރަޕްޝަންގެ ހާއްޔަކަށް ރައީސް މުއިއްޒު ވަނީ މި ޤައުމު ބަދަލު ކޮށްފައެވެ.