ސިޔާސީ

ހިޔާ ފްލެޓްތަކުގެ އިތުރަށް ހަރުކުރަން ޖެހުނު ލިފްޓްތައް، ހިލޭ ޗައިނާއިން ހަރުކޮށް ދޭން ޖެހޭ އިރު، 18 މިލިއަން ޑޮލަރު ޗައިނާ ކުންފުންޏަކަށް ދިނުމަކީ ރައްޔިތުންނަށް ދިން ނިކަމެތިކަމެއް

ދިޔަވަރު
ހިޔާ ފްލެޓްތަކުގެ އިތުރަށް ހަރުކުރަން ޖެހުނު ލިފްޓްތައް، ހިލޭ ޗައިނާއިން ހަރުކޮށް ދޭން ޖެހޭ އިރު، 18 މިލިއަން ޑޮލަރު ޗައިނާ ކުންފުންޏަކަށް ދިނުމަކީ ރައްޔިތުންނަށް ދިން ނިކަމެތިކަމެއް

ހިޔާ ފްލެޓްތަކުގެ އިތުރަށް ހަރުކުރަން ޖެހުނު ލިފްޓްތައް، ހިލޭ ޗައިނާއިން ހަރުކޮށް ދޭން ޖެހޭ އިރު، 18 މިލިއަން ޑޮލަރު ޗައިނާ ކުންފުންޏަކަށް ދިނުމަކީ ރައްޔިތުންނަށް ދިން ނިކަމެތިކަމެކެވެ.

ޗައިނާއިން މި ލިފްޓްތައް ހިލޭ ހަރުކޮށްދޭން ޖެހޭ ކަމަށް ބުނެފައިވަނީ އެކަށީގެންވާ ސަބަބެއް އޮތުމުންނެވެ. މި ޕްރޮޖެކްޓް ހަދާ ދިނުމަށް 5 ކުންފުންޏަކުން ސަރުކާރަށް ބިޑް ހުށައެޅިއެވެ. އޭގެ ތެރެއިން އެންމެ އަގު ބޮޑުކޮށް އަގު ހުށައަޅާފައިވާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން އަށް 437 މިލިއަން ޑޮލަރަށް މި ޕްރޮޖެކްޓް ދީފައި ވަނީ، މާލިއްޔަތު ޤަވާއިދާއި ޚިލާފަށް މުއިއްޒަށް އެތައް މިލިއަނެއް ފައިދާވާހެންނެވެ. މި ކޮރަޕްޝަނުގައި އޭރުގެ ހައުސިންގ މިނިސްޓަރ އަށް ހުންނެވި މުއިއްޒަށް ބޮޑު އަދަދަކުން ފައިސާ ދޭން ޖެހުމުގެ ސަބަބުން، ހިޔާ ފްލެޓްގެ ކޮލިޓީ އަށް ބަދަލު އައެވެ.

މި އައި ބަދަލުގެ ތެރޭގައި، އިމާރާތް ކުރާ އެޕާރޓްމެންޓްތައް ކުޑަ ކުރުމާއި، އިމާރާތްތައް ފިނިޝިންގ ނުނިންމާ ހަވާލު ކުރަން ނިންމުމާއި، އިމާރާތްތަކަށް އެކަށީގެންވާ ވަރަށް ބޭނުންވާ އިތުރު 3 ލިފްޓް ހަރު ނުކުރުން ހިމެނެއެވެ. އެހެން ކަމުން، މިކަމުގައި އިހްމާލު ވެފައިވަނީ ހައުސިންގ މިނިސްޓަރ މުއިއްޒު އާއި، ޗައިނާގެ ކުންފުނިންނެވެ. އެހެންކަމުން، މިއީ އިތުރަށް ރައްޔިތުންގެ ފައިސާ ހޭދަ ކުރަންޖެހޭ ކަމެއް ނޫނެވެ. މިކަމުގައި އިހްމާލުވެފައިވާ ޗައިނާ ކުންފުނިން މި ލިފްޓްތައް ހިލޭ ރައްޔިތުންނަށް އަޅަން ޖެހޭނެއެވެ. މިކަމުގައި ޗައިނާގެ ސަރުކާރުން ޒިންމާ ނަގަން ޖެހެއެވެ.

މިކަމުގައި މުއިއްޒު ކޮރަޕްޝަން ހިންގާފައިވާ މިންވަރަކީ، އޭގެ 5 އަހަރު ފަހުން، މުޅި ދުނިޔޭގައި، ކޮވިޑަށް ފަހު އަދި ޔޫކްރެއިން ހަނގުރާމަށްފަހު ތަކެތީގެ އަގު ބޮޑުވެފައިވަނިކޮށް، މީގެ ތިން ގުނަ ބޮޑުކޮށް ފިނިޝިންގ ހިމަނައިގެން ރައީސް ސޯލިހްގެ ސަރުކާރުގައި އިމާރާތް ކުރި ފްލެޓްތައް އިމާރާތް ކޮށްފައިވަނީ، ހިޔާ ފްލެޓަށް ވުރެ ބޮޑުތަނުން އަގު ކުޑަ ކޮށެވެ.

ހިޔާ ފްލެޓް ތަކުގައި 15 މިނުޓް ވަންދެން ކޮންމެ ދުވަހަކު އެތާ ތިބޭ ފަރާތްތައް ކިޔު ޖައްސައި މި ނިކަމެތި ދަތި ހާލު ކުރިމަތި ކޮށް، މި އެޕާޓްމެންޓްތައް ކުޑަ ކުޑަ ގޮޅިތަކަކަށް ހެދުމުގެ ފުރިހަމަ ޒިންމާ، ޗައިނާ އާއި، ރައީސް މުއިއްޒުގެ ބޮލުގައި އެޅެއެވެ. އަދި ޗައިނާގެ މި ކުންފުންޏަށް ހިޔާ ފްލެޓްތައް އިމާރާތް ކުރަން ދިން މައްސަލަ އަދިވެސް އޮތީ އޭސީސީގައެވެ. މިހާރު އޭސީސީ ކޮންޓްރޯލް ކުރަނީ ވެސް މުއިއްޒެވެ.

މުއިއްޒަށް ލިބިފައިވާ ކޮރަޕްޝަނުގެ މުއްސަނދި ކަމުގެ އަގު ދައްކަމުން ދަނީ އާންމު ނިކަމެތި ރައްޔިތުންނެވެ.