ޚަބަރު

ހަސަން ކުރުސީ ލީކް ކުރި މައުލޫމާތަކާއި ގުޅިގެން، ކެބިނެޓަށް ގެންނަން ރާވާފައިވާ ބަދަލު ނުގެންނަން މުއިއްޒު ނިންމަވައިފި

ދިޔަވަރު
ހަސަން ކުރުސީ ލީކް ކުރި މައުލޫމާތަކާއި ގުޅިގެން، ކެބިނެޓަށް ގެންނަން ރާވާފައިވާ ބަދަލު ނުގެންނަން މުއިއްޒު ނިންމަވައިފި

ހަސަން ކުރުސީ ލީކް ކުރި މައުލޫމާތަކާއި ގުޅިގެން، ކެބިނެޓަށް ގެންނަން ރާވާފައިވާ ބަދަލު ނުގެންނަން މުއިއްޒު ނިންމައިފިއެވެ. ރައީސް މުއިއްޒު މިރޭ ނިންމަވާފައިވަނީ، ފިނޭންސް މިނިސްޓްރީ އިން، ޒަމީރު ވަކިކޮށް، ޓުއަރިޒަމް މިނިސްޓަރު ކަން ހަވާލު ކުރުމަށެވެ. އަދި ޓުއަރިޒަމް މިނިސްޓަރ ފައިސަލް އެ މަގާމުން ވަކިކޮށް، ޔޫތް މިނިސްޓްރީ އޭނާއާއި ހަވާލު ކޮށް، ޔޫތް މިނިސްޓަރު ކަމުގައި ހުރި އަސްވާޑު އެ މަގާމުން ވަކި ކުރުމަށެވެ. އަދި ހުސްވާ ފިނޭންސް މިނިސްޓްރީގެ މަގާމަށް، ނަސީރު އައްޔަން ކުރުމަށެވެ.

މި މައުލޫމާތު ސޯޝަލް މީޑިޔާގައި ހަސަން ކުރުސީ އާންމު ކުރުމާއި ގުޅިގެން މިނިސްޓަރުންގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިކަމާއި ގުޅިގެން މުއިއްޒު ބޭނުންވި ގޮތަށް މިނިސްޓްރީތައް ބަދަލު ކުރުމާއި މިނިސްޓަރ ޒަމީރު ހިތްޕުޅާނުވެ، މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވިކަމަށް ކުރުސީ ހާމަ ކޮށްފައިވެއެވެ.

މި އުދާސްތަކުން ސަލާމަތް ވުމަށްޓަކައި، ވަކި ވަކި ވަޒީރުންނަށް ދެއްވި ޔަގީންކަން ވަޒީރުން ޤަބޫލު ނުކުރައްވައިގެން، އެ މައްސަލަ ހައްލު ކުރުމަށް، އެންމެފަހުން ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ލައްވައި، ކެބިނެޓަށް ބަދަލެއް ނާންނާނެކަމަށް އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.