ޚަބަރު

މުއިއްޒު ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތް ކުރުން އަގުބޮޑު ކަމަށް 'ސްކިފްޓް' އަށް ވެސް އަރައިފި. އިންވެސްޓަރުން ރާއްޖެއަށް އައުން އެއްކޮށްހެން ހުއްޓިގެން ހިނގައި ދާނެ!

ދިޔަވަރު
މުއިއްޒު ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތް ކުރުން އަގުބޮޑު ކަމަށް 'ސްކިފްޓް' އަށް ވެސް އަރައިފި. އިންވެސްޓަރުން ރާއްޖެއަށް އައުން އެއްކޮށްހެން ހުއްޓިގެން ހިނގައި ދާނެ!

ދުނިޔޭގެ އެންމެ ވަރުގަދަ ޓުއަރިޒަމް އާއި ބެގޭ ވެބްސައިޓް ކަމުގައިވާ "ސްކިފްޓް" އަށް ރާއްޖޭގެ ޓެކްސްތައް އަގު ބޮޑުކޮށް، އަދި އެއަރޕޯޓް ޓެކްސް %400 އަށް ބޮޑު ކޮށްފައިވާ ކަމަށް އަރައިފިއެވެ.

ސްކިފްޓް އިން، މުއިއްޒުގެ ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ވާހަކަ ލިޔެފައިވާއިރު، ވަކިން ވަނީ މި ބަދަލުތައް ގެންނަން ޖެހިފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ގޯސްވެގެން ކަމަށް ބަޔާން ކޮށްފައެވެ.

ޓުއަރިޒަމް ދާއިރާއަށް އިންވެސްޓް ކުރުމުގެ ކުރިން، ހުރިހާ ފަރާތްތަކުންވެސް އެންމެ ބޮޑަށް މައުލޫމާތާއި، ޓުއަރިޒަމަށް އިންވެސްޓް ކުރާ ޤައުމުތަކުގެ ހާލަތު ދެނެގަތުމަށް، އިންޑަސްޓްރީގައި އިތުބާރުހުރި މިފަދަ ވެބްސައިޓްތައް ބަލާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފަރުތުވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ހުރި ޝައުޤު ބޭރުގެ ޤައުމުތަކުގެ މެދުގައި ހަނިވެގެން ދާނެއެވެ.

ހަމަ މި ހަބަރުގައި ރާއްޖޭގެ ޓުއަރިސްޓް ރިސޯޓްތަކުން، އެމީހުންގެ ފައިސާ ރުފިޔާއަށް ބަދަލު ކުރަން ސަރުކާރުން މަޖުބޫރު ކުރުވާ ވާހަކަވެސް ބަޔާން ކޮށްފައިވެއެވެ. ބޭރުގެ އިންވެސްޓްރުން، ސަރުކާރުން ޕްރައިވެޓް ސެކްޓަރ އަށް މި ގޮތަށް ބާރު ފޯރުވާ ޤައުމުތަކުގައި އެއްވެސް ގޮތަކަށް އިންވެސްޓް ކުރަން ބޭނުމެއް ނުވެއެވެ. އެއީ އެފަދަ ސަރުކާރަކަށް އިންވެސްޓްމެންޓް ހިމާޔަތް ކޮށްދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނުދެވޭނެތީއެވެ.

އެނޫހުގައި މި ޚަބަރު ގެނެސްދީފައިވާ ގޮތް ތިރީގައި ހިމަނާލާނަމެވެ.

މި އާދިއްތަ ޑިސެމްބަރު 1 އިން ފެށިގެން، ރާއްޖޭއަށް އަންނަ ފަސިންޖަރުންގެ ޑިޕާޗަރ ޓެކްސް 400% އަށްވުރެ އިތުރުވާނެއެވެ. އިކޮނޮމީ ކްލާހުގެ ފަސިންޖަރުން 30 ޑޮލަރުގެ ގެ ބަދަލުގައި 50 ޑޮލަރު ދައްކަންޖެހޭނެއެވެ. ބިޒްނަސް ކްލާހުގެ ފަސިންޖަރުން މިހާރުގެ އަގުގެ ދެގުނައަށް އިތުރުވެ 120 ޑޮލަރު ދައްކަންޖެހޭނެއެވެ. ފަސްޓް ކްލާހް އަދި ޕްރައިވެޓް ޖެޓް ދަތުރުވެރިންނަށް މީގެ ކުރިން 90 އާއި 120 ޑޮލަރު އިން 240 އަދި 480 ޑޮލަރު އަށް އިތުރުވާނެއެވެ. މި ފީތައް ޓިކެޓްގެ އަގާއެކު އޮޓަމެޓިކުން އިތުރުކުރެވޭނެއެވެ. އަދި މިއީ ހުރިހާ ދަތުރުވެރިންނަށްވެސް އެއްގޮތަކަށް ހިނގާނެ އުސޫލެކެވެ.

2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ރާއްޖޭގައި ކޮންމެ ފަތުރުވެރިއަކަށް ދުވާލަކަށް ނެގޭ ގްރީން ޓެކްސްވެސް ދެގުނައަށް އިތުރުވާނެއެވެ. ބޮޑެތި ރިސޯޓުތަކުގައި (50+ ކޮޓަރި) މިހާރުގެ ޑޮލަރު 6 ގެ ބަދަލުގައި ޑޮލަރު 12 ދައްކަންޖެހޭނެއެވެ. ކުދި ރިސޯޓުތަކުގައި 3 ޑޮލަރު އިން 6 ޑޮލަރު އަށް އިތުރުވާނެއެވެ.

އަދި ޖުލައި މަހުން ފެށިގެން ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ ޓެކްސް 16% އިން 17% އަށް އިތުރުވާނެއެވެ. މިއާއެކު ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލަށް ވާނެއެވެ.

ސަރުކާރުގެ އައު ގަވާއިދެއްގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކުތަކުގައި ޖަމާކުރަންޖެހޭނެއެވެ.

މީގެ އިތުރުން، ކޮންމެ ރިސޯޓެއް، ޓޫރިސްޓް އުޅަނދެއް ނުވަތަ ފަތުރުވެރިކަމުގެ ވިޔަފާރި އެއްވެސް ކޮންމެ ގެސްޓަކަށް މަހަކު މަދުވެގެން 500 ޑޮލަރު ރާއްޖޭގެ ލައިސަންސް ލިބިފައިވާ ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް ބަދަލުކުރަންޖެހޭނެއެވެ. މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް 1 މިލިއަން ރުފިޔާ (64,735 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.

ރައީސް މުއިއްޒުގެ ނާގާބިލު ކަމުގެ ސަބަބުން ފަތުރުވެރިކަމުގެ މި ސިނާއަތަށް ލިބިގެން މިދަނީ ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ދިވެހި ޤައުމަށް ލިބިފައި ނުވާ ވަރުގެ ގެއްލުމެކެވެ. ވިޔަފާރިތަކަށް ގެއްލުން ލިބުމުގެ އިތުރަށް، އެތައް ޒަމާނެއް ވަންދެން ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓް ކުރުމަށް އޮތް ޝައުގު މުއިއްޒުގެ ސަބަބުން ގެއްލިގެން ދާނެއެވެ.

ސްކިފްޓްގައިވާ ޚަބަރުގެ ލިންކް ތިރީގައި މިވަނީއެވެ.

https://skift.com/2024/11/29/that-maldives-vacation-just-got-more-expensive-heres-whats-changing