ޚަބަރު

ވެރިކަމަށް 2028 ގައި ކެންޑިޑޭޓަކު ނެރެފާނެ ކަމަށް ބިރުން، ޕީޕީއެމްގެ މެމްބަރުންގެ ޙައްޤުތަކަށް އަރައިގަނެ، ގަދަކަމުން އެ ޕާޓީ އުވާލައިފި

ދިޔަވަރު
ވެރިކަމަށް 2028 ގައި ކެންޑިޑޭޓަކު ނެރެފާނެ ކަމަށް ބިރުން، ޕީޕީއެމްގެ މެމްބަރުންގެ ޙައްޤުތަކަށް އަރައިގަނެ، ގަދަކަމުން އެ ޕާޓީ އުވާލައިފި

ވެރިކަމަށް 2028 ގައި ކެންޑިޑޭޓަކު ނެރެފާނެ ކަމަށް ބިރުން، ޕީޕީއެމްގެ މެމްބަރުންގެ ޙައްޤުތަކަށް އަރައިގަނެ ޕީޕީއެމް ގަދަކަމުން، މުއިއްޒު އުވާލައިފިއެވެ. މުއިއްޒު ނިސްބަތްވަނީ ޕީއެންސީއަށެވެ.

ފާއިތުވިތާގައި މި ދެ ޕާޓީ ވެސް ވަނީ އެކީ މަސައްކަތް ކޮށްފައެވެ.

މިގޮތަށް ފާސްކުރި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު އެވެ. ބައްދަލުވުން ބޭއްވީ ޕީއެންސީގެ އޮފީހުގަ އެވެ.

ޕާޓީ އުވާލުމަށް ޕީޕީއެމްގެ ލީޑަޝިޕުން ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.

މި ބައްދަލުވުމުގައި ވާހަކައްދަކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި މިއީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާން ރަސްމީކޮށް އިލްތިމާސްކުރާ ދުވަސް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ބައެއް ސެނެޓަރުން ވަނީ ގާނޫނުއަސާސީއަށް މި ފަހުން ގެނައި އިސްލާހާއެކު ޕީޕީއެމް އުވާލާ ހާލަތެއްގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ގޮނޑިއާމެދު ސުވާލުއުފައްދާފަ އެވެ.

ޕާޓީގެ ލީޑަޝިޕުން އެ ކަންބޮޑުވުންތަކަށް ޖަވާބުގައި ބުނީ މިއީ އާ ހާލަތެއް ކަމަށާއި މިކަން ސާފުކުރުމަށްފަހު ސެނެޓަށް މައުލޫމާތު ދޭނެ ކަމަށް ބުނެފަ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި މިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް ގިނަ މެންބަރުން ތިބި ޕާޓީ ކަމަށްވާ ޕީއެންސީ އުވާލުމުގެ މަސައްކަތް ފަށާ، އެ ޕާޓީގެ މެންބަރުން ވެރިކަންކުރާ ޕީއެންސީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރާތާ މަސްތަކެއް ވަނީ ވެފަ އެވެ.

ޕީޕީއެމް އުވާލުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ މަހު ބޭއްވި ސެނެޓު ބައްދަލުވުމެއްގައި، އެ ޕާޓީ އުވައިލެވޭނެ ކަމަށް ހަމައެކަނި އޮތް ހާލަތު، އަސާސީ ގަވާއިދުން އުނިކޮށް އެއްވެސް ސަބަބެއް ނެތި ވެސް ޕާޓީ އުވައިލެވޭ ގޮތަށް އަސާސީ ގަވާއިދުވެސް ބަދަލުކުރި އެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދުގައި މީގެ ކުރިން ބަޔާން ކޮށްފައި އޮންނަނީ، ޕާޓީ އުވައިލެވޭނީ، "ޕާޓީ ހިންގުމަށް ދަތިވާވަރަށް ޕާޓީގެ މާލީ ހާލަތު ދަށްވެ، ޕާޓީގެ ލީޑާޝިޕުން ޕާޓީގެ ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށްފަހު ޕާޓީ އުވައިލަން ޖެހޭ ކަމަށް ސެނެޓުގެ ހަތަރުބައިކުޅަ ތިންބައިގެ ގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ޕާޓީ އުވައިލެވިދާނެ" ކަމަށެވެ.

ނަމަވެސް އޮކްޓޯބަރު 17، ގައި ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައި ވަނީ އެއްވެސް ހާލަތެއް މެދުވެރި ނުވި ނަމަވެސް ޕާޓީ އުވައިލެވިދާނެ ކަމަށް ފާސްކޮށްފަ އެވެ. މިއަދުގެ ބައްދަލުވުމުގައި ޕާޓީ އުވާލަން ފާސްކުރީ މި ބަދަލުތަކުގެ ބޭނުން ހިފައިގެންނެވެ. މިކަން ކޮށްފައިވަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ.

ޕީއެންސީ އުވާލުމަށް މަސައްކަތް ފެށުމާއެކު އުވާލުމަށް ނިންމާ ސިޔާސީ ޕާޓީތަކުގެ ކުލަޔާއި ނަމާއި ނިޝާން، އެ ޕާޓީއެއް އުވާލާތާ ފަސް އަހަރު ވަންދެން ބޭނުން ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށްފަ އެވެ. ސަރުކާރުން ހުށަހެޅި މި ބިލު ވެރިކަންކުރާ ޕީއެންސީގެ މަޖިލީހުން ފާސްކޮށް މިހާރު ވަނީ ތަސްދީގުވެސްކޮށްފަ އެވެ.

އެހެންކަމުން ޕީޕީއެމް އުވާލުމާއެކު އެ ޕާޓީގެ ކުލަޔާއި، ނަމާއި، ނިޝާނާއި، ލޯގޯ، އަދި އެހެންވެސް ޕާޓީ ރަމްޒު ކޮށްދޭ އެއްޗެއް ކުރިއަށް އޮތް ފަސް އަހަރު ތެރޭ ސިޔާސީ ޕާޓީއަކަށް ބޭނުމެއް ނުކުރެވޭނެ އެވެ.