ޚަބަރު

ޖެނުއަރީގެ ކުރިން ރިޓަޔާމެންޓް އެލަވަންސް ކަނޑާލަން ނިންމުމުން، ފުލުހުންނާއި، ސިފައިންނާއި، ސިވިލްސާރވިސްގެ ގިނަ ބަޔަކު ރިޓަޔާކުރަން އުޅުމުން، ބަޖެޓަށް ބުރަ ވެދާނެތީ އެލަވަންސް ކަނޑާނުލާނެ ކަމަށް ނުރަސްމީކޮށް އަންގަން ފަށައިފި!

ދިޔަވަރު
ޖެނުއަރީގެ ކުރިން ރިޓަޔާމެންޓް އެލަވަންސް ކަނޑާލަން ނިންމުމުން، ފުލުހުންނާއި، ސިފައިންނާއި، ސިވިލްސާރވިސްގެ ގިނަ ބަޔަކު ރިޓަޔާކުރަން އުޅުމުން، ބަޖެޓަށް ބުރަ ވެދާނެތީ އެލަވަންސް ކަނޑާނުލާނެ ކަމަށް ނުރަސްމީކޮށް އަންގަން ފަށައިފި!

ޖެނުއަރީގެ ކުރިން ރިޓަޔާމެންޓް އެލަވަންސް ކަނޑާލަން ނިންމުމުން، ފުލުހުންނާއި، ސިފައިންނާއި، ސިވިލްސާރވިސްގެ ގިނަ ބަޔަކު ރިޓަޔާކުރަން އުޅުމުން، ބަޖެޓަށް ބުރަ ވެދާނެތީ އެލަވަންސް ކަނޑާނުލާނެ ކަމަށް ނުރަސްމީކޮށް އަންގަން ފަށައިފިއެވެ. ނަމަވެސް ސަރުކާރުން މިކަމުގައި އޮޅުވާލައި، ދިން މުހުލަތަށް ގިނަ ބަޔަކަށް ރިޓަޔާ ނުވެވޭ ގޮތް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން، ރައްޔިތުންނަށް ފޫނުބެދޭ ވަރުގެ އެތައް ގެއްލުމެއް ލިބޭހެން ސަރުކާރުން އަމަލު ކުރަމުންދާއިރު، އަދި ކުރާ ކަންކަން އެއްވެސް ހަމައެއް ނެތި، ދެ ދުވަހު ދެގޮތަށް ބަދަލުކޮށް، ރައްޔިތުންގެ އާންމު ދިރިއުޅުން ހާސް ކަމަކަށް ރައީސް މުއިއްޒު ވަނީ ވައްޓާލާފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން މީގެ 3 ދުވަސް ކުރިން، 30 ނޮވެމްބަރު 2024 ގައި ހާމަ ކޮށްފައިވާ ގޮތުގައި؛ ޖެނުއަރީ އެކަކުން ފެށިގެން ރިޓަޔާ މެންޓް ބެނެފިޓްސް، ޖެނުއަރީ އެކަކުން ފެށިގެން ރިޓަޔާ ކުރާ މީހުންނަށް ކުރިއަށް އޮތްތަނުގައި ނުލިބޭނެއެވެ. އެހެން ކަމުން ޖެނުއަރީ 1ގެ ކުރިން ރިޓަޔަރ ވުމަށް ގިނަބަޔަކު ދަނީ ދަނީ ތައްޔާރު ވަމުންނެވެ. މިގޮތުން ޑިސެމްބަރުގެ 10ގެ ކުރިން އެކަމަށް ބޭނުންވާ ފޯމުތައް ސިވިލްސާވިސް އަށް ފޮނުވަން ޖެހޭ ކަމަށް ބުނެ، ސަރުކާރު އޮފީސް ތަކުން ވަނީ، ރިޓަޔާ ކުރުމަށް މުއައްޒަފުންނަށް ފުރުޞަތު ނުދިނުމަށް މަސައްކަތް ފަށާފައެވެ.

އަދި އެމްއެންޑީއެފް އިން ވަނީ، މި ގޮތުން ގިނަބަޔަކު ރިޓަޔާ ކުރުމަށް އުޅުމުން އެކަމަށް ހުރަސް އަޅާފައެވެ. މިފަދަ ހުރިހާ ހުރަހެއް އަޅާފައިވަނީ އެއްފަހަރާ ގިނަ ބަޔަކު ރިޓަޔާ ކޮށްފިނަމަ، އަންނަ އަހަރު ބަޖެޓް ބޮޑުވެދާނެތީއެވެ.

އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް، މިހާރު ނުރަސްމީކޮށް، ސަރުކާރު އޮފީސްތަކަށް "ރައީސް މުއިއްޒު ހެޔޮފުޅު ކަމުން" ރިޓަޔާމެންޓް ބެނެފިޓްސް ކަނޑާ ނުލާނެ ކަމަށް ބުނެ ދަނީ އަޑުތައް ފަތުރަމުންނެވެ. ނަމަވެސް އެފަދަ އެއްވެސް ލިޔުމެއް އަދި މިހާތަނުން، ފިނޭންސް މިނިސްޓްރީގެ ކަމާއި ގުޅޭ އިދާރާއިން އޮފީސްތަކަށް ފޮނުވާފައިނުވެއެވެ.