ޚަބަރު

ހަމަ ގޭންގް ބިލް ހުށައެޅި މުއިއްޒުގެ ސަރުކާރުން، "ރިހިބިލިޓޭޝަން" ގެ ދަށުން ޖަލުން ފަސޭހައިން ކުށްވެރިން ދޫކުރެވޭ ގޮތް ހަދައިފި

ދިޔަވަރު
ހަމަ ގޭންގް ބިލް ހުށައެޅި މުއިއްޒުގެ ސަރުކާރުން، "ރިހިބިލިޓޭޝަން" ގެ ދަށުން ޖަލުން ފަސޭހައިން ކުށްވެރިން ދޫކުރެވޭ ގޮތް ހަދައިފި

ގޭންގް ބިލް ހުށައެޅުމަށް ފަހު، "ރިހިބިލިޓޭޝަން" ގެ ދަށުން ޖަލުން ފަސޭހައިން ކުށްވެރިން ދޫކުރެވޭ ގޮތް ރައީސް މުއިއްޒު ހައްދަވައިފިއެވެ. ނަމަވެސް ރާއްޖޭގައި ރިހިބިލިޓޭޝަން ފަރުވާ ދެވޭގޮތަށް ހުރި ޖަލެއް ނުވަތަ އެފަދަ މަރުކަޒެއް ގާއިމް ވެފައި ނުވެއެވެ. އެހެންކަމުން މިއީ ރައީސް މުއިއްޒު ބޭނުންވާ ވަކި ކުށްވެރިންތަކެއް މުޖުތަމައުއަށް ބޭނުން އިރެއްގައި ނެރުމަށް ހިންގާ ނުރައްކާތެރި އަމަލެއް ކަމަށް ތުހުމަތު ކުރެވެއެވެ.

އެގޮތަށް ރައީސް ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އިއްޔެ ނިންމެވި ކަންތައްތަކުގެ ތެރޭގައި ރިހެބިލިޓޭޝަން ފްރޭމްވޯކަށް އަމަލު ކުރަން ފެށުމާއި ޖަލުތަކާއި ޖަލުތަކުން ބޭރުގައި ވެސް ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރު ކުރެވޭނެ ގޮތަށް ނިޒާމު ބަދަލު ކުރުން ހިމެނެ އެވެ.

އޭގެއިތުރުން ރީހެބިލިޓޭޝަން ފްރޭމްވޯކާއި މައާފު ދިނުމާއި ޕެރޯލް ހަމަޖެއްސުމާއި ހުކުމަށް ލުއި ދިނުމުގެ ނިޒާމު ގުޅުވައިލުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.

އަދި ކޮމިއުނިޓީ ސާވިސް އިތުރަށް ފުޅާކުރުމަށް މިނިސްޓަރު އިހުސާން ހުށަހެޅުއްވި ކަރުދާހުގައި އޮތް ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ރައީސް ވަނީ އިއްޔެ ނިންމަވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ރައީސް ނިންމެވި ކަންކަން ތަންފީޒު ކުރުމަށް ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ހަވާލު ކޮށްގެން ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލު ކުރާނެ ޓައިމްލައިނެއް އެކުލަވާލައި އެކަންކަން ހާސިލު ކުރެވޭ މިންވަރު ބެލުމަށް ވެސް ނިންމި ކަމަށެވެ.

ގޭންގް ބިލް ހުށައެޅުމުން، އެއީ ގޭންގްތަކާއި ގުޅުމެއް އޮތް ބިލެއް ކަމަށް ނުބެލެވޭ ކަމަށާއި، އެއީ ސީދާ ސިޔާސީ ފަރާތްތައް ހައްޔަރު ކުރުމަށް އެކުލަވާލި ބިލެއް ކަމަށްކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. މި ފާޑު ކިޔުންތަށް ރައީސް މުއިއްޒު ކެބިނެޓުން މި ނިންމި ނިންމުމުން އިތުރަށް ބާރު ލިބިގެންދެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ލާބައާއި، މަންފާއެއް އެއްވެސް ކަމެއް ކުރުމުގެ ބަދަލުގައި ސަރުކާރުން ދަނީ ސިޔާސީ މީހުންނަށް ބިރު ދެއްކުމާއި، ނޫސްވެރިންނަށް ބިރު ދެއްކުމާއި، ވެރިކަން ހިފެހެއްޓުމަށް ކުރެވެން އޮތްހާ ކަމެއް ކުރަމުންނެވެ.