ޚަބަރު

35 މިލިއަން ރުފިޔާގެ ބޮޑު ވައްކަން ފަޅާ އެރުމުން, މުއިއްޒު ޓީވީއާއި އެންސްޕާއިން ވި އެއްބަސްވުން އުވާލަން ނިންމައިފި

ދިޔަވަރު
35 މިލިއަން ރުފިޔާގެ ބޮޑު ވައްކަން ފަޅާ އެރުމުން, މުއިއްޒު ޓީވީއާއި އެންސްޕާއިން ވި އެއްބަސްވުން އުވާލަން ނިންމައިފި

މޯލްޑިވްސް މީޑިއާ ހައުސް އާއި ނޭޝަނަލް ސޯޝާލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއޭޖެންސީ ހިންގަމުންދާ "މޫކައި ސުއިޓްސް" އިމާރާތް މަރާމާތު ކުރުމަށްޓަކައި ހުސްކުރުމަށް އަންގާފައިވާތީވެ، އެއޭޖެންސީ ހިންގާނެ ތަނެއް ހޯދުމަށް މާލީ ވުޒާރާގެ އޯޕަން ޓެންޑަރ އިން ހުޅުވާލައިގެން، ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ މަތިން އެވޯޑްކޮށް، ހިންގުމަށް ލިބިފައިވާ އިމާރާތުގެ ފަންގިފިލާތައް މޯލްޑިވްސް މީޑިއާ ހައުސްއިން ކުއްޔަށް ހިފުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.

މިމުއާމަލާތާއި ގުޅިގެން އެކުންފުނީގެ އަގު ވައްޓާލާ ބަދުނާމު ކުރުމަށް ހަގީގަތާއި ހިލާފް އެތައް ވާހަކަތަކެއް ދައްކާ، މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ދޮގު ވާހަކަތަކެއް ފަތުރަމުން ދިއުމުގެ ސަބަބުން އެކުންފުންޏަށް މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެދޭވަރުގެ ބޮޑު ގެއްލުމާއި ކުރިމަތިވެފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށެވެ.

"އެހެން ކަމުން މިކަމާއި ގުޅޭގޮތުން މާލީ ވުޒާރާއާއި މަޝްވަރާކުރުމަށްފަހު، އެ އެއްބަސްވުން ނިމުމަކަށް ގަނައުމަށް މިއޭޖެންސީން ވަނީ ނިންމާފަ" އެންސްޕާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެންސްޕާގެ ބަޔާނުގައި ބުނީ، މިކަމާއި ގުޅިގެން އިތުރަށް ކުރަން ޖެހޭ މުއާމަލާތްތައް ކުރުމާއި، އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ކަމަށެވެ.

އެންސްޕާއާއި މޯލްޑިވްސް މީޑިއާ ހައުސްއާއި ދެމެދު އެއްބަސްވުމެއް ހެދުމާއި ގުޅިގެން މީޑިއާތަކުން ވަނީ އެތަނަކީ އެއީ "އެމްއެމް ޓީވީ" ހިންގަން ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި އެތަނަށް ކުލި ދައްކަމުން އަންނަނީ އެންސްޕާއިން ކަމަށް ބުނެ ތުހުމަތުތައް ކުރަމުންނެވެ.

މުއިއްޒު ޓީވީ ހިންގުމަށް އެންސްޕާ މެދުވެރިކޮށް ފަންޑުކުރުމަށް ހިންގި މިވައްކަމުގެ ޚިޔާނާތުގެ އަގު 34 މިލިއަން ރުފިޔާއަށް އަރައެވެ.