ކުރުސި އާއި ދިޔަވަރުން، އެންސްޕާގެ ވައްކަން ރައްޔިތުންގެ ސަމާލުކަމަށް ނުގެނައިނަމަ، އެއްބަސް ވުން އުވާލުމާއި ހަމައަށް މިކަމެއް ނައީހެވެ. އަދި ބާކީ ހުރި މީޑިޔާތަކުން މިވާހަކަ ދައްކަން ފަސްޖެހިފައިވަނިކޮށް، މިކަމުގެ ޙަޤީގަތް ފޮރުވުމަށް، އެންސްޕާއިން ނެރުނު ބަޔާނުގައި ހުރިއެއްޗެއް ނޫނީ އާންމުންނާއި ހަމައަށް ގެނެސްފައި ނުވެއެވެ.
ބާކީ ހުރި މީޑިޔާތަކުން އެންސްޕާގެ ބަޔާނަށް ރިއާޔަތް ކޮށް، ރިޕޯޓް ކޮށްފައިވަނީ އެމައްސަލަ އެންސްޕާއިން އަމިއްލައަށް އޭސީސީއިން ހުށައެޅި ވާހަކައެވެ. އޭސީސީ އަކީ ރައީސް މުއިއްޒުގެ ފުރިހަމަ ބާރު އޮތް މާ ކޮރަޕްޓް މުއައްސަސާއަކަށް ވެފައިވާއިރު، ރާއްޖޭގެ ރައްޔިތުންގެ އިތުބާރެއް އެ މުއައްސަސާގެ މައްޗަށް މިއަދަކު ނެތެވެ.
މިކަމުން ދައުލަތަށް ލިބުނު ގެއްލުމާއި، އެ ގެއްލުނު ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރަން ޖެހެއެވެ. އެކަންވެސް ކުރެވޭނީ ރައްޔިތުންނަށެވެ. ރައްޔިތުން އަޑު އިއްވައިގެންނެވެ.
ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގޮސްފައިވާ މި ވައްކަން ފޮރުވައި، ކަމުގެ ފޯކަސް ގެއްލުވާލަން ހޯމް މިނިސްޓަރ ވަނީ އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓެއްވެސް ފުލުހަށް ގެންގޮސްފައެވެ.
މީހަކު ހައްޔަރުކޮށްގެންވެސް މިކަން ހިންދާ ނުލެވުނީ، ރައްޔިތުންނަށް އެންސްޕާގެ ޚިދުމަތް ނުލިބި ގުޅައި، 35 މިލިއަން ރުފިޔާގެ ވައްކަމުގެ ވާހަކަ ތަކުރާރު ކުރަން ފެށުމުންނެވެ.
މިކަމާއި ގުޅިގެން މުއިއްޒުގެ ޓީވީ އެ ކުންފުންޏަކަށް ނިސްބަތްވާ، "މޯލްޑިވްސް މީޑިއާ ހައުސް" އެމީހެއްގެ އެޑްރެހުގައި ރަޖިސްޓަރީ ކޮށްފައިވާ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ ޚަލީލުގެ އިސްތިއުފާ ދޭން ޖެހެއެވެ. އަދި މިފަދަ ބޮޑު ވައްކަމެއް ކޮށްފައިވާ އެންސްޕާގެ އިސްފަރާތް ކަމުގައިވާ ހީނާ ވަލީދުވެސް އިސްތިއުފާ ދޭން ޖެހެއެވެ. އަދި މި ދެމީހުންނަށް މިކަމާއި ގުޅިގެން ދައުވާ ކުރެވެން ޖެހެއެވެ.