އެންސްޕާގެ ސެކިޔުރިޓީ ވަރުގަދަކޮށް، މީޓިންގ ތަކަށް ފޯނު ނުވެއްދޭގޮތް ހަދައިފިއެވެ. މިއާއި އެކު އެންސްޕާއިން ފޮރުވުމަށް މަސައްކަތް ކުރަމުން ދަނީ އިތުރު ކޮން ވައްކަމެއްތޯ ބެލުމަށް ރައްޔިތުންގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ. 35 މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް އެންސްޕާއިން ކޮށްފައި ވަނީ، ރައީސް މުއިއްޒަށް ޓީވީ ސްޓޭޝަނެއް ތައްޔާރު ކޮށް ދިނުމަށެވެ.
ރައީސް މުއިއްޒު އަކީ ދައުލަތުގެ ކުންފުނިތަކުން ވައްކަން ކޮށް އެމަނިކުފާނަށް އެއިން ފައިސާ ގެނެސް ދިނުމާއި، އެމަނިކުފާނުގެ އެކި އެކި ޕެޓް ޕްރޮޖެކްޓްތަކަށް އެހީތެރިވުމަށް އެއިން ކޮރަޕްޝަން ހިންގުމަށް ފާޅުގައި ހިތްވަރުދޭ ފަރާތެކެވެ. މިކަން ސަރުކާރުގެ އިސް އެންމެހާ ފަރާތްތަކަށް ސާފުކޮށް އެނގެއެވެ.
އެންސްޕާގެ އެކި ޑިޕާރޓްމެންޓްތަކުގެ ވެރިންނާއި އެކު، ހީނާ ދަނީ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ހީނާ ވަލީދު އާއި، މުއިއްޒުގެ ސަރުކާރުން އެންސްޕާ އިން ވައްކަން ކޮށް ހިންގަމުންދާ ކޮރަޕްޝަންގެ ސަބަބުން ސަރުކާރަށް އަމާޒުވެފައިވާ ފާޑު ކިޔުންތައް ހައްލު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.
އެތައް ބަޔަކަށް ބޭނުންވާ ސިއްޚީ އެހީތެރިކަން އެންސްޕާއިން ކަނޑާލައި، ކުރިއަށް އޮތްތާގައި އެންސްޕާއިން ދޭ ޚިދުމަތްތައް އެއީ ފައިސާ ނެތިގެން ބޭސްފަރުވާ އަށް ދާން ބޭނުންވާ މީހުން އަނބުރާ ދައްކާ ލޯނަކަށް ރައީސް މުއިއްޒު ވަނީ ބަދަލު ކޮށްފައެވެ.