ފެނަކާގެ 2000 މުއައްޒަފަކު އެއްވެސް މަސައްކަތެއް ނުކޮށް، 11 މަސްދުވަހުގެ މުސާރަ ރައްޔިތުންގެ ފައިސާއިން މިހާތަނަށް ނަގައިފި ކަމުގެ މައުލޫމާތު ފެނަކައިގެ އިސް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ. މިއީ ސިޔާސީ ގޮތުން މުއިއްޒު އައްޔަންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތެއް ކުރުމެއް ނެތި މުސާރަ ނަގަމުންދާ ފަރާތްތަކެވެ.
ފެނަކައަކީ، ރައީސް މުއިއްޒު ބޭނުންފުޅުވާ ވަރަކަށް އެމަނިކުފާނަށް ކޮރަޕްޓް ފައިސާ ނަހަމަ ގޮތުގައި ހޯދައިދޭ މެޝިނެކެވެ. ރައްޔިތުންގެ ކަރަންޓާއި، ފެނާއި، ރައްޔިތުންގެ ބޭނުންތައް އަންނަނީ އޭގެ ފަހުންނެވެ.
ފެނަކައިގެ ކޮރަޕްޝަންގެ އެތައް އެތައް ވާހަކަތަކެއް ހެއްކާއި، ޑޮކިޔުމެންޓްތަކާއި އެކު ސޯޝަލް މީޑިޔާގައި އަދި ރާއްޖޭގެ އެތައް މީޑިޔާތަކަކުން ތަކުރާރުކޮށް ގެނެސް ދިނުމުން އެކަމާއި މެދު އެއްވެސް ފިޔަވަޅެެއް ރައީސް މުއިއްޒު އަޅުވާފައި ނުވަނީ އެ ހުރިހާ ކޮރަޕްޝަނެއްގެ އެންމެ ބޮޑު މަންފާދާރަކީ އެމަނިކުފާނު ކަމުގައި ވާތީއެވެ.
ފެނަކައިން ކޮރަޕްޓް ފައިސާ ހޯދަމުންދަނީ، ސަޕްލަޔަރުންނަށް ދޭން ހުރި ފައިސާ ހިފަހައްޓައިގެން އެއިން، ޕަސެންޓެއް ދީގެން ނޫނީ ދޫ ނުކޮށް ހިފަހައްޓައިގެންނެވެ. ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންގެ ފައިދާގެ ބޮޑު އިންސައްތައެއް މިހާރު ނަންގަވަނީ ސީދާ ރައީސް މުއިއްޒުއެވެ.
މީގެ އިތުރުން މަސައްކަތް ބޮޑު އަގުގައި ރިޝްވަތު ދީގެން ރައީސް މުއިއްޒުގެ އަރިސް ކުންފުނިތަކަށް ފޯރު ކޮށްދީގެންނެވެ.
ހަމަ އެއާއި އެކު، ފެނަކައަށް ބޭނުންވާ އިންޖީން ފަދަ ތަކެތި، ބޮޑު އަގުގައި ކޮރަޕްޝަން އެކުލެވޭހެން ގަނެގެންނެވެ.
މީގެ އިތުރުން، ފެނަކައަށް ބޭނުންވާ ދޯނި ފަހަރާއި، ގުދަންތަކާއި، މިފަދަ ހުރިހާ ކަމެއްގައި ފެނަކައަކީ މިއަދު ކޮރަޕްޝަންގެ ބޮޑު ހާއްޔެކެވެ. އެ ކޮރަޕްޝަނުން މަންފާވާ ފަރާތަކީ ރައީސް މުއިއްޒެވެ.