ޚަބަރު

ފިނޭންސް އިން ފެނަކައަށް މުސާރަ ދިނުމަށް ފައިސާ ޖަމާކުރި، ނަމަވެސް މުއައްޒަފުންނަށް މުސާރަ އަދިވެސް ޖަމާ ނުކުރޭ! މުއާޒު އުޅުއްވަނީ ނާސްތާއަށް އަގު ބޮޑު ކެޝޫނަޓާއި މޭބިސްކަދުރު ފަރިިއްކުޅުވުމުގައި!

ދިޔަވަރު
ފިނޭންސް އިން ފެނަކައަށް މުސާރަ ދިނުމަށް ފައިސާ ޖަމާކުރި، ނަމަވެސް މުއައްޒަފުންނަށް މުސާރަ އަދިވެސް ޖަމާ ނުކުރޭ! މުއާޒު އުޅުއްވަނީ ނާސްތާއަށް އަގު ބޮޑު ކެޝޫނަޓާއި މޭބިސްކަދުރު ފަރިިއްކުޅުވުމުގައި!

ކޮންމެ ދެ ދުވަހުން އެއް ދުވަހު، 2 ކިލޯ ކެޝޫނަޓާއި، 2 ކިލޯ މޭބިސްކަދުރު ބައްލަވާގަނެ، ހެނދުނުގެ ނާސްތާއަށް އެ ފަރީއްކުޅުއްވުމުގައެވެ. މި ހުރިހާ ހަރަދެއް ފެނަކައިގެ ބަޖެޓުން ކުރަމުން ދާއިރު، ކުޑަ މިނުން މަހުން މަހަށް ދިރިއުޅޭ ފެނަކައިގެ މުއައްޒަފުންނަށް އެމީހުންގެ މުސާރަ ނުދެއެވެ.

މަސް ނިމުމުގެ ކުރިން މުސާރަ ކޮޅު ހުސްވެ، ލޭންދޭނަށް ކަންމަތީ ފިހާރައަށް ދަރާ ތިބިގެން ގިނަ އާއިލާތަކަށް އުޅެން ޖެހިފައިވާއިރު، މުސާރަ ނުލިބިދާ ކޮންމެ ދުވަހަކީ އުނދަގޫ ދަތި ދުވަހެކެވެ.

މޭބިސްކަދުރާއި، ކެޝޫނަޓް ނޫނީ ނާސްތާއަށް ބައްލަވައި ނުގަނެވޭ ވަރުގެ ފަރާތްތަކަށް މިކަމުގައި އާންމު ރައްޔިތުންނަށް ދިމާވާނެ ދަތިތަކެއް އިހްސާސް ނުކުރެވޭނެއެވެ.

ފެނަކައަކީ މިއަދު ރައީސް މުއިއްޒަށް ފައިސާ ޗާޕްކޮށްދޭ މެޝިނެކެވެ. ހިންގަނީ ކޮރަޕްޝަނެވެ. ފައިދާވާ ފަރާތްތަކަކީ ރައީސް މުއިއްޒު އާއި ޕީއެންސީގެ އެންމެ އިސްވެރިންގެ ތެރެއިން ހާއްސަ ބައެކެވެ.