4 މިލިއަން ރުފިޔާ ސްޕޯޓްސް މިނިސްޓްރީ އިން އެކަނި އިވެންޓް ބޭއްވުމުގެ ނަމުގައި ބާރަށު ދާއިރާގެ މެމްބަރު ޝުޖާޢު އަށް ދީފައިވާކަން ދިޔަވަރު ނޫހަށް އެނގިއްޖެއެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއް ރައީސް މުއިއްޒު އަށް ޝުޖާ ދެއްވަމުންދާކަން ވެސް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރިއެވެ.
ޝުޖާޢު އަށް މި ފައިސާ ދީފައި މިވަނީ އެންމެ މިނިސްޓްރީއަކުން އެންމެ 11 މަސް ތެރޭގައެވެ. ރާއްޖޭގެ ގިނަ ސަޕްލަޔަރުންނާއި، ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފައިސާ ދޫ ނުކުރެއެވެ.

މިއީ ސްޕޯޓްސް އެވާޑްސް ދިނުމުގެ ނަމުގައި ޝުޖާޢުގެ ކުންފުންޏަށް ސްޕޯޓްސް މިނިސްޓްރީ އިން ދޫކޮށްފައިވާ ފައިސާއެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ އިވެންޓް މެނޭޖްމެންޓް ކުންފުނި ހުރިކަމުގައި ވީނަމަވެސް، މިއިން އެއްވެސް ކުންފުންޏަކަށް ޝުޖާޢުގެ ކުންފުނިން ބޭނުންވާ އިވެންޓެއް ނުދެއެވެ.