ޚަބަރު

ޒަކިއްޔާގެ ހަށިގަނޑު ކައިރީ އޮތް ވަޅިން ފިންގާ ޕްރިންޓްވެސް ފުލުހުންނަކަށް ނުނެގުނު! ފުލުހުންނަށް ޒަމާނީ ވަސީލަތްތައް ހޯދައި ދިނުމުގެ ބަދަލުގައި، މުއިއްޒު ބޭނުންވަނީ އަދިވެސް ރާއްޖެއަށް ޑްރޯން ގެންނަން!

ދިޔަވަރު
ޒަކިއްޔާގެ ހަށިގަނޑު ކައިރީ އޮތް ވަޅިން ފިންގާ ޕްރިންޓްވެސް ފުލުހުންނަކަށް ނުނެގުނު! ފުލުހުންނަށް ޒަމާނީ ވަސީލަތްތައް ހޯދައި ދިނުމުގެ ބަދަލުގައި، މުއިއްޒު ބޭނުންވަނީ އަދިވެސް ރާއްޖެއަށް ޑްރޯން ގެންނަން!

ޒަކިއްޔާގެ ހަށިގަނޑު ކައިރީ އޮތް ވަޅިން ފިންގާ ޕްރިންޓްވެސް ފުލުހުންނަކަށް ނުނެގުނު ކަން މިއަދު ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުން ހާމަ ވެއްޖެއެވެ.

ހަށިގަނޑު ކައިރީގައި އޮތް ވަޅުން ގިންގަޕްރިންޓެއް ފެނިފައިވޭތޯ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ދިން ޖަވާބަކީ:

އަތްލާ ކޮންމެތަނަކުން އެއަކީ، އޭގެ ޒާތުގައި، ފިންގަޕްރިންޓް ލިބޭނެ ތަނެއް ނޫން. ވަރަށް ބައިވަރު ކަންކަން އޭގައިވެސް ޑިޕެންޑް ވާނެ. އެތަނުގެ ސާރފޭސް އާއި، އަތްލެވޭތަނުގެ ހާލަތާއި، ވަރަށް ގިނަ ކަންކަން އެއަށް، ޑިޕެންޑް ވެގެން އޭގެން، އަޅުގަނޑުމެންނަށް ތިދެންނެވުނު ނަތީޖާ ލިބޭނީ.

މިއިން ފާހަގަވެގެން ދިޔައީ ފިންގާ ޕްރިންޓް ހޯދިފައި ނުވާކަމެވެ.

މިހާރު ޒަމާނީ ފޮރެންސިކް އާލާތްތައް ވަރަށް ބޮޑަށް ކުރިއަރާފައިވާއިރު، ވަޅިތަކަކީ އާންމުގޮތެއްގައި ފިންގަރ ޕްރިންޓް ހިމެނޭގޮތަށް ފޮރެންސިކް ހެކި ނެގޭނެ އެއްޗެއްގެ ގޮތުގައި ބެލެވެއެވެ. އެފަދަ ޒަމާނީ ފޮރެންސިކް ވަސީލަތްތައް ރާއްޖޭގައި ނެތްނަމަ، ސަރުކާރުން ޚަރަދު ކުރަންވީ އެފަދަ ކަންކަމަށެވެ. ރާއްޖެއަށް އެއްވެސް އުސޫލަކުން މިވަގުތަށް ބޭނުންނުވާ ޑްރޯންތަކަކަށް އެތައް މިލިއަނަކުން ފައިސާދީގެން ގެނައުމަކަށް ނޫނެވެ.

ސާފު ފިންގަރ ޕްރިންޓެއް ނުލިބުނު ކަމުގައިވިޔަސް، ފުރިހަމަ ނޫން ފިންގަރ ޕްރިންޓެއް ހޯދައި، އެއާއި ޑާޓާބޭސްގައި ހުރި ފިންގަޕްރިންޓްތަކާއި އަޅާ ކިޔާލެވޭ ވަރަށް ފުލުހުންގެ މުއައްސަސާގައި ގާބިލުކަން ހުންނަން ޖެހެއެވެ.

ފުލުހުން ދެއްވި ޖަވާބަކީ ވަޅިން ފިންގަރ ޕްރިންޓް ނުނެގުނު ޓެކްނިކަލް ސަބަބުތައް ބަޔާންކުރުމުގެ ބަދަލުގައި، ދިފާއީ އަދި އާންމު ޖަވާބެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުން އިތުރު މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއްގެ ނިޝާން ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފަ އެވެ.