ޚަބަރު

21 ޑޮލަރަށް ލިބޭ 100 ސޯލާ ލައިޓް ޗައިނާއިން ދީގެން، ސަރުކާރުން އެކަން ފާހަގަ ކުރަން، އެއަށްވުރެ ބޮޑު ޚަރަދެއް ކޮށް ބޮޑު ރަސްމިއްޔާތެއް ބާއްވައިފި

ދިޔަވަރު
21 ޑޮލަރަށް ލިބޭ 100 ސޯލާ ލައިޓް ޗައިނާއިން ދީގެން، ސަރުކާރުން އެކަން ފާހަގަ ކުރަން، އެއަށްވުރެ ބޮޑު ޚަރަދެއް ކޮށް ބޮޑު ރަސްމިއްޔާތެއް ބާއްވައިފި

21 ޑޮލަރަށް ލިބޭ 100 ސޯލާ ލައިޓް ޗައިނާއިން ދީގެން، ސަރުކާރުން އެކަން ފާހަގަ ކުރަން، އެއަށްވުރެ ބޮޑު ޚަރަދެއް ކޮށް ބޮޑު ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ޗައިނާއިން ކ.ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތިތަކަކީ، ޗައިނާގެ ސަފީރުގެ ޚާއްސަ އިސްނެންގެވުމަކަށް އެރަށަށް ހަދިޔާކުރެއްވި މަގުބައްތިތަކެކެވެ. މަގުބައްތި ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޗައިނާ ސަރުކާރުގެ ފަރާތުން މަގު ބައްތިތައް ހަވާލުކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިންއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެވަޑައިގަތީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ޖުމްލަ 2100 ޑޮލަރުގެ މަގު ބައްތިތަކެއް ހޯދުމަށް މިފަދަ ބޮޑު ރަސްމިއްޔާތެއް ސަރުކާރުން ބާއްވާފައި ވުމުން، ޗައިނާއިން ރާއްޖެއާއި މެދު ދެކޭ ދަށު ދަރަޖަ ފާހަގަ ވެގެންދެއެވެ.

މަގު ބައްތީގެ އަގުތައް އަލީބާބާއިން.

މިފަދަ އެހީތެރިކަމެއް ރާއްޖެއަށް ދޭނަމަ، އެ ތަކެތި ހަރުކުރާނެ ޕޮލްތަކާއި، އެތަކަށްޗަށް ބޭނުންވާ އިތުރު ސާމާނު ހިލޭ ކުރިއަށް އޮތް 10 ވަރަކަށް އަހަރަށް ފޯރުކޮށްދިންނަމަ މިއީ ލިބުނު ރަނގަޅު އެހީ އެއް ގޮތުގައި ބެލެވިދާނެއެވެ. ނަމަވެސް ރާއްޖެއަކީ އެފްރިކާގެ ބާކީވެފައިވާ އަވަށްގަނޑެއް ގޮތުގައި ޗައިނާއިން ބަލައި، އެގޮތަށް ދިވެހިންނާއި މެދު އަމަލުކުރާ އަމަލު ކުރުން ނިމުމަކަަށް އަންނަން ޖެހެއެވެ.