ޚަބަރު

އެންސްޕާގެ އޮފީސް އިމާރާތުގެ މައްސަލާގައި އޭސީސީއިން ޑްރާމާ ކުޅުއްވަން އެންސްޕާ އަށާއި ފިނޭންސަށް ވަދެއްޖެ، މި ޑްރާމާއަށް ރައްޔިތުން ދީފައިވާ ނަމަކީ "އޭސީސީ ހީނާގެ ދިފާޢުގައި"!

ދިޔަވަރު
އެންސްޕާގެ އޮފީސް އިމާރާތުގެ މައްސަލާގައި އޭސީސީއިން ޑްރާމާ ކުޅުއްވަން އެންސްޕާ އަށާއި ފިނޭންސަށް ވަދެއްޖެ، މި ޑްރާމާއަށް ރައްޔިތުން ދީފައިވާ ނަމަކީ "އޭސީސީ ހީނާގެ ދިފާޢުގައި"!

އެންސްޕާގެ އޮފީސް އިމާރާތުގެ މައްސަލާގައި އޭސީސީއިން ޑްރާމާ ކުޅުއްވަން އެންސްޕާ އަށާއި ފިނޭންސަށް ވަދެއްޖެއެވެ. ނަމަވެސް އޭސީސީ އޮތީ ހީނާ އާއި ރައީސް މުއިއްޒުގެ ދިފާޢުގައި ކޮންމެ ފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށެވެ. މިހާރު ރާއްޖޭގައި އޮތް އެންމެ ކޮރަޕްޓް މުއައްސަސާއަކީ އޭސީސީއެވެ.

މިކަމާއި ގުޅުންހުރި ބައެއް ލިޔެކިޔުންތައް އޭސީސީއިން ގެންގޮސްފައި ވީ ނަމަވެސް، އަދި އޭސީސީއިން އެއްވެސް މިންވަރަކަށް މި މައްސަލަ ނަމެއްގައި ތަހުގީގު ކުރިއަސް، އޭސީސީ އަކީ ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ވެރިކަމުން ބަލައިގަންނަ މުއައްސަސާއެއް ނޫނެވެ.

ރައީސް މުއިއްޒު ވަނީ އޭސީސީގެ ރައީސް އާއި، ނާއިބް ރައީސް ކަނޑައެޅުމުގެ ބާރު އަމިއްލަ ފުޅަށް ޤާނޫނު ބަދަލުކޮށް ނަންގަވާފައެވެ. އޭސީސީއެކޭ، މިއަދު ދިމްޔާތު ރިސެޕްޝަނެކޭ އޮތް އެއްވެސް ތަފާތެއް ނެތެވެ. އެތަނުން ނިންމާ އެއްވެސް ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމުގައި އެއްވެސް ރައްޔިތަކު މިއަދު ބަލައެއް ނުގަނެއެވެ.