ފައިސާ ޗާޕް ނުކުރާނެ ކަމަށް އަޑަށް ބާރު ލާފައި ބުނި ރައީސް، ފައިސާ ޕްރިންޓް ކުރުމަށް ބިލެއް މިއަދު ތަސްދީގު ކޮށްފިއެވެ. މިގޮތަށް ވެރިކަމަށް އައުމަށް ވީ ވައުދު ތެރޭގައިވެސް ފައިސާ ޕްރިންޓް ނުކުރާނެ ކަމަށް މުއިއްޒު ބުނެފައިވެއެވެ.
ފައިސާ ޗާޕްނުކުރާނެކަމަށް ރިޔާސީ ވައުދުވެވަޑައިގެން ވެރިކަމަށް އައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ފައިސާ ޗާޕްކުރެވޭ މިންވަރު އެއް އިންސައްތައިން 2.5 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވާގޮތަށް "ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު" ތަސްދީގުކުރައްވައިފިއެވެ.
މި ގާނޫނުގެ ދަށުން:
- އެމްއެމްއޭއިން ނެގޭ ދަރަނި އެއް އިންސައްތައިން 2.5 އިންސައްތައަށް އިތުރުކުރެވޭ
- ދަރަނި ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް
- ދަރަނީގެ މިންވަރު ބިނާކުރެވޭނީ ފާއިތުވި ތިން އަހަރުގެ އެވްރެޖް އާމްދަނީގެ މައްޗަށް
- ގާނޫނަށް އަމަލުކުރަން ފެށޭނީ 6 މަސްދުވަސް ފަހުން
އިތުރު މުހިންމު ބަދަލުތައް:
ސަރުކާރުގެ ޒިންމާތައް:
- ފިނޭންސް މިނިސްޓަރު އެކުލަވާލަންޖެހޭ:
- ފިސްކަލް ޒިންމާގެ ޗާޓަރު
- ފިސްކަލް ސްޓްރެޓަޖީ ބަޔާން
- ބަޖެޓު ނަތީޖާ ބަޔާން
- ފިސްކަލް ހިރާސް ބަޔާން
މުއައްސަސާތަކުގެ ދައުރު:
- އޮޑިޓަރ ޖެނެރަލް:
- ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ކުރިން މާލީ އަދާކުރުމުގެ ރިޕޯޓް ހުށަހެޅުން
- ރައްޔިތުންގެ މަޖިލިސް:
- ފިސްކަލް އިމްޕެކްޓް އެނަލިސިސްއަށް ބިނާކޮށް ސަރުކާރަށް ލަފާދިނުން
މި ގާނޫނު ތަސްދީގުކުރެއްވުމާއެކު، ކުރިން އަމަލުކުރަމުންދިޔа "ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނު" ވަނީ އުވިގެން ގޮސްފައެވެ. ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ފައިސާ ޗާޕްކުރުމަކީ އިޤްތިޞާދީ ހާލަތު އިތުރަށް ގޯސްވާނެ ކަމެއް ކަމަށާއި، އެކަން ނުކުރައްވާނެ ކަމަށެވެ. ނަމަވެސް މި ގާނޫނާއެކު، ފައިސާ ޗާޕްކުރުމުގެ މަގު އިތުރަށް ފަހިވެގެން ގޮސްފައިވެއެވެ.