ޚަބަރު

90% ކޮރަޕްޝަން ހިމެނޭހެން، ޗައިނާއަށް ދީފައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓްގެ މަސައްކަތް އެ އަގުގައި ހަވާލު ކޮށްފައިވަނީ، އެކޮނޮމިކް ކައުންސިލުން ކަމަށް ބުނެ، މިކޮރަޕްޝަން މުއިއްޒަށް އަމާޒުކޮށް ފަޒުލް ކޮމިޓީގައި ވާހަކަ ދައްކައިފި

ދިޔަވަރު
90% ކޮރަޕްޝަން ހިމެނޭހެން، ޗައިނާއަށް ދީފައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓްގެ މަސައްކަތް އެ އަގުގައި ހަވާލު ކޮށްފައިވަނީ، އެކޮނޮމިކް ކައުންސިލުން ކަމަށް ބުނެ، މިކޮރަޕްޝަން މުއިއްޒަށް އަމާޒުކޮށް ފަޒުލް ކޮމިޓީގައި ވާހަކަ ދައްކައިފި

90% ކޮރަޕްޝަން ހިމެނޭހެން، ޗައިނާއަށް ދީފައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓްގެ މަސައްކަތް އެ އަގުގައި ހަވާލު ކޮށްފައިވަނީ، އެކޮނޮމިކް ކައުންސިލުން ކަމަށް ބުނެ، މިކޮރަޕްޝަން މުއިއްޒަށް އަމާޒުކޮށް ފަޒުލް ކޮމިޓީގައި ހާމަކޮށްފިއެވެ.

ފަޒުލް އަށް އަމާޒުކޮށް މިކަމާއި ގުޅިގެން ސުވާލު ކޮށްފައިވަނީ، އެމްޑީޕީގެ މަޖިލީސް މެމްބަރެއް ކަމުގައިވާ އަބްދުލްޤަފޫރެވެ. އަބްދުލްޤަފޫރު ކުރެއްވި ސުވާލަކީ ލިފްޓެއްގެ އަގު 10 މިލިއަނަށް އެރުން އެއީ ގަބޫލު ކުރެވޭ އަދަދެއްތޯ އަހައި ސުވާލު ކުރުމުން ވިދާޅުވީ އެކަން ނިންމައި އެޗްޑީސީއާއި ހަވާލު ކުރީ އެކޮނޮމިކް ކައުންސިލުން ކަމަށެވެ.

އެކޮނޮމިކް ކައުންސިލަކީ ރައީސް މުއިއްޒު އެކުލަވާލާފައިވާ ކެބިނެޓް މިނިސްޓަރުންތަކެއް ހިމެނޭ ކައުންސިލެކެވެ. މި ކައުންސިލުން ނިންމާ ހުރިހާ ކަމަކީ ރައީސް މުއިއްޒުގެ އަމުރަށް ހިންގާ ކަންކަން ކަމުން، މިއީ ސީދާ ރައީސް މުއިއްޒުއަށް %90 ކޮރަޕްޝަންގެ ފައިސާ ލިބޭހެން ނިންމާފައިވާ ޕްރޮޖެކްޓެއްގައި ފަޒުލްގެ ވާހަކައިން ވަނީ ސާފުވެފައެވެ.

ރައީސް މުއިއްޒު އަށް %90 ކޮރަޕްޝަން ހިމެނޭހެން ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް އެކޮނޮމިކް ކައުންސިލުން އަންގައިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ޝެންޔެންގ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށެވެ.