ޚަބަރު

އާރުޓީއައި ހުށައެޅުމުންވެސް، ރައީސް މުއިއްޒު ދޮގު ހައްދަވައި ވަކި ކުރި ކަމަށް ބުނި، 228 މީހުންގެ ލިސްޓް ހާމަ އެއް ނުކުރި!

ދިޔަވަރު
އާރުޓީއައި ހުށައެޅުމުންވެސް، ރައީސް މުއިއްޒު ދޮގު ހައްދަވައި ވަކި ކުރި ކަމަށް ބުނި، 228 މީހުންގެ ލިސްޓް ހާމަ އެއް ނުކުރި!

އާރުޓީއައި ހުށައެޅުމުންވެސް، ރައީސް މުއިއްޒު ދޮގު ހައްދަވައި ވަކި ކުރި ކަމަށް ބުނި، 228 މީހުންގެ ލިސްޓް ހާމަ އެއް ނުކުރިއެވެ.

އާންމު ރައްޔިތެއް ކަމުގައިވާ އަހްމަދު އަފްރާހު އިސްމާއީލް ވަކި ކޮށްފައިވާ ފަރާތްތަކުގެ ތަފްސީލަށް އެދި ހުށައެޅުމުން، ސަރުކާރުން ވަނީ އެކަމާއި ދެކޮޅު ހަދައި، ސިޔާސީ މުއައްޒަފުންގެ ނަމަކީ ސިއްރު މައުލޫމާތެއް ކަމަށް ބުނެފައެވެ.

ސިޔާސީ މުއައްޒަފުންގެ މައުލޫމާތަކީ އާންމުކޮށް ވަކި މަގާމުތަކެއްގައި ތިބި ބައެއް ނަމަ ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް ހިމަނަން ޖެހޭ މައުލޫމާތެކެވެ. ނަމަވެސް ސަރުކާރުން ހަދާ ދޮގުތައް މި މައުލޫމާތު ހާމަ ކޮށްފިނަމަ، ފެތުރިދާނެކަމަށް ބަލައި، އެ މައުލޫމާތުވެސް ސަރުކާރުން ފުރިހަމަ ކޮށްފައި ނުވެއެވެ.

ސަރުކާރަށް މި މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތެއް ނެތިގެން އުޅެނީ، މިއީ ބައިނަލްއަޤްވާމީ ޖަމާއަތްތަކަށް ރައީސް މުއިއްޒު ހައްދަވާފައިވާ ބޮޑު ދޮގަކަށް ވާތީއެވެ.