ރައީސް މުއިއްޒު ވަކި ކުރިކަމަށް ބުނެ ދޮގު ހަދައި ދިން އަދަދަކީ 248 ސިޔާސީ މީހުން، އާރުޓީއައި އަށް މިއަދު ސަރުކާރުން ދިން ދޮގު ޖަވާބުގައި ވަނީ 228 މީހުންނެވެ.
މިއަދު 4 ޑިސެމްބަރު 2024ގައި އާރުޓީއައި އަށް ދިން ޖަވާބުގައި ވަނީ؛
ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތް ކުރައްވާ ސިޔާސީ މުއައްޒަފުން މަދުކުރުމަށް، 2024 އޮކްޓޫބަރު 31 ވަނަ ދުވަހުގެ ނިޔަލަށް 228 މުއައްޒަފަކު ވަނީ އެ މުއައްޒަފުންގެ ވަޒީފާތަކުން ވަކި ކުރެވިފައެވެ.
ރައީސް މުއިއްޒު ވަޒީފާތަކުން ސިޔާސީ މީހުން މަދުކޮށްފައިވާކަން ޔަގީން ކޮށްދިނުމަށް، ރައީސްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު 31 އޮކްޓޮބަރ 2024 ގައި ކޮށްފައިވާ ޓްވީޓްގައި ވަނީ؛
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައި.
މިހެން ލިޔެފައިވެއެވެ.
މިކަމުގައި ރައީސް މުއިއްޒު ހެއްދެވި ބޮޑު ދޮގު އެއް ގޮތުގައި ސަރުކާރަށް ނުގެންގުޅެވި، ތަފާތު ދެ އަދަދެއް ހާމަ ކޮށްފައި މިވަނީ ހަގީގަތެއް އަސްލެއް ނެތް ނަމްބަރެއް ރައްޔިތުންނަށް ހާމަ ކުރުމުގެ ސަބަބުންނެވެ.

ރައީސް މުއިއްޒުގެ ދޮގު ހެދުން އިންތިހާއަށް އިތުރުވެ، ދޮގުތައް ގިނަވެ، ހެދޭ ނެހެދޭ ދޮގެއް ނޭނގި، ހަދާ ދޮގުގައި ދެފަހަރަށް ވާހަކަ އެއްގޮތް ނުކުރެވޭ ގޮތް ވުމަކީ މާތްﷲ ދޮގުވެރީން ފަޟީހަތް ކުރެއްވުމަށް މެދުވެރި ކުރައްވާ ކަންކަމެވެ.
ސަރުކާރުން ލިޔެކިޔުމުން، ރައްޔިތުންނަށް ފާޅުގައި މިގޮތަށް ދޮގު ހަދަން ފެށުމުން، ރައްޔިތުން ދެން އިތުބާރު ކުރާނީ ސަރުކާރުން ދައްކާ ކޮން ވާހަކައަކަށް ތޯއެވެ.
މައުލޫމާތު ތެދަށް ހާމަ ކުރުމާއި، މައުލޫމާތު ފޮރުވުމާއި، ދޮގު މައުލޫމާތު ދިނުމުގެ ތެރެއިން ސަރުކާރުން މައުލޫމާތު ހާމަ ކުރުން ކުޑަކޮށް، އަދި ރައްޔިތުންނަށް ކަންކަމުގައި މިވަރަށް ދޮގު ހެދުމުން ރައްޔިތުންގެ އިތުބާރު ސަރުކާރުގެ މައްޗަށް ގެއްލެއެވެ.
ރައްޔިތުންނަށް މިފަދަ ތެދު މައުލޫމާތު ގެނެސްދޭތީ ދިޔަވަރު ނޫހާއި، ކުރުސީއިން ދޮގު މައުލޫމާތު ގެނެސްދޭކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.