ސްޓެލްކޯ އެމްޑީ ފަހުމީ، އެންމެ ފަހުން އޮތް ޕީއެންސީ އިންތިހާބުގައި އައްޑޫ ދެކުނު ދާއިރާއަށް ކުރިމަތިލައިގެން ލިބުނީ އެންމެ 4 ވޯޓެވެ.
އެތެރޭގެ އެކި އިންތިހާބު ތަކުގެ ވޯޓުލުން ޕީއެންސީ އިން ބާއްވާފައި ވަނީ، 23 ނޮވެމްބަރު 2023 ގައެވެ. މި އިންތިހާބުގެ ނަތީޖާ އިއުލާން ކުރި އިރު، ފަހުމީއަށް ލިބުނު ވޯޓު މަދުވެގެން، އެކަން ސިއްރު ކުރުމަށް، ނަތީޖާ އިއުލާން ކުރިއިރު، ނަތީޖާ ހާމަ ކޮށްފައިވަނީ ފަހުމީގެ ނަން ނުހިމަނައެވެ.
މިއިންތިހާބަކީ ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބެކެވެ.
ސަރުކާރުގެ އެކި ފަންތީގައި ތިބީ ނާގާބިލު މީހުންނެވެ. އަދި އެމީހުންނަށް ޕީއެންސީ އާންމު މެމްބަރުންނާއި، ރައްޔިތުންގެ މެދުގައި އެއްވެސް މަގުބޫލު ކަމެއް ނެތެވެ.
މިއަދު ޕީޕީއެމްގެ ފިކުރު އުވި ގޮސް، އުފެދުނު ޕީއެންސީގައި އޮތީ ދަހިވެތި ކަމާއި، ވައްކަން ކުރުމާއި ދޮގު ހެދުމުގެ ފިކުރެވެ.