ޚަބަރު

ޓީވީ ސްޓޭޝަނެއްގެ މިލްކުވެރިކަން؛ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް، ރާއްޖޭގެ ތާރީޚުގައި ދެވުނު އެންމެ ބޮޑު ޝަރަފު

ދިޔަވަރު
ޓީވީ ސްޓޭޝަނެއްގެ މިލްކުވެރިކަން؛ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް، ރާއްޖޭގެ ތާރީޚުގައި ދެވުނު އެންމެ ބޮޑު ޝަރަފު

ޓީވީ ސްޓޭޝަނެއްގެ މިލްކުވެރިކަން؛ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް، ރާއްޖޭގެ ތާރީޚުގައި ދެވުނު އެންމެ ބޮޑު ޝަރަފު ރައީސް މުއިއްޒު ދެއްވާފިއެވެ.

ރައީސް މުއިއްޒުގެ އެމްއެމް ޓީވީ އެމަނިކުފާނު ރަޖިސްޓްރީ ކުރެއްވީ އެމަނިކުފާނު އެންމެ އިތުބާރު ކުރައްވާ ފަރާތުގެ ނަން މަތީއެވެ. ހއ.ވަށަފަރު  އަބްދުﷲ ޒާހިރު އަކީ ކުރިން ވަށަފަރު ކައުންސިލަރުކަން ކުރުމަށްފަހު ދިމްޔާތުގައި ގޭގެ ކަންކަން ބެލެހެއްޓުމާ ޚަވާލުވެ ހުރި ފަރާތެވެ. މިހާރުވެސް އޭނާ ހުރީ އެ މަސައްކަތުގައެވެ. މުއިއްޒަށް އަތްގާތް ކޮށްދޭ ފަރާތުގެ ގޮތުގައެވެ.

އަބްދުﷲ ޒާހިރު އާގުޅޭގޮތުން އާންމުވެފައިވާ މައުލޫމާތުތަކުން އޭނާ އަކީ އަލަންގިރި މައްސަލާގައި ހިމެނޭ ފަރާތެއް ކަން އެނގެއެވެ. އެމައްސަލާގައި އޭނާ އާއި ދިމާކޮށް ފަހާދުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރުވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގާ މީހަކަށް މުއިއްޒުގެ ފަރާތުން ދީފައިވާ ހަމަ އެކަނި ޝަރަފަކީ ޓީވީ ސްޓޭޝަނެއް އެމީހެއްގެ ނަންމަތީ ހަދާ ދިނުމެއް ނޫނެވެ. މުއިއްޒު ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ދޭ ރިޝްވަތުގެ ކަޅު ދަބަސްވެސް އުފުލައި، އެ ފައިސާ ބެހުމުގައި މުއިއްޒުގެ ފަރާތުން އިސްކޮށް ހުންނަނީވެސް ހަމަ ޒާހިރުއެވެ.

އަލަމްގިރި މައްސަލަ ފެންމަތިވީ ރައީސް ސޯލިހުގެ ސަރުކާރުގައެވެ. އެކަމާއި ގުޅިގެން ޤާނޫނީ ގޮތުން އަޅަން ހުރި ފިޔަވަޅުތައް އަޅައި، ޤާނޫނުގައި އެފަދަ މީހުންނާއި މެދު އޮންނަ ގޮތަށް އަމަލު ކުރެވުނެވެ. ނަމަވެސް ޤާނޫނުގައި އެފަދަ މީހުންނާއި މެދު އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނެތެވެ. އަދި މި ސަރުކާރަށް 1 އަހަރުވީއިރު، ޒާހިރުގެ ދިފާޢުގައި ޤާނޫނަށް އެއްވެސް ހަރުކަށި ބަދަލެއް ގެނައުމަށް މުއިއްޒު ބޭނުމެއް ނުވެއެވެ.

ރައީސް ނަޝީދު އެމްޑީޕީއާއި ވަކިވި މައްސަލައަކީ އޭނާގެ ކޮއްކޮ އެ މައްސަލާގައި ހައްޔަރު ކުރި ކުރުމެވެ. އެކަން ވެގެން ދިޔައީ އެމްޑީޕީއަށް ވެރިކަން ގެއްލުނު ސަބަބަށެވެ.