މަސްވެރިކަމާއި ބެހޭ މިނިސްޓަރ ޝިޔާމް ބައިވެރި ނުކޮށް، މަސްވެރިންގެ ލޮބީ އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވާފިއެވެ. ފިޝަރީސް މިނިސްޓަރ ބައިވެރި ނުކޮށް ބޭއްވި މި ބައްދަލުވުމުގައި، މަސްވެރިންގެ ހުރި މައްސަލަތައް އެއްވެސް ވަރަކަށް އެނގި ނުލައްވާ ކަމަށް ހައްދަވާ، މަސްވެރިންނަށް ދޮގު ހައްދވައި، ހުރިހާ ކަމެއް ޖެއްސެވީ މިނިސްޓަރ ޝިޔާމް އާއި އެމަނިކުފާނުގެ ބެލުމުގެ ދަށުގައި ހުރި އިދާރާތަކުގެ ވެރިންގެ ބޮލަށެވެ.
އަމިއްލަ މިނިސްޓަރުންނަށް ދޭންވާ އިޚްތިރާމާއި ގަދަރު ނުދޭތާގައި، މިނިސްޓަރ ޝިޔާމަށް ރައްޔިތުންގެ މެދުގައި އޮތް ތާޢީދާއި މަގުބޫލުކަން ކަނޑުވާލުމަށް، މަސްވެރިންނަށް އެތައް ދައްޗެއް ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ފިނޭންސް މިނިސްޓްރީއިން ލާރި ހިފަހައްޓައި، އަދި އެހެން ދިމަދިމާލުން އެކި ޚިދުމަތްތައް މަޑުޖައްސައި، މަސްވެރިންނަށް އެތައް ދަތިކަމެއް ކުރިމަތި ކުރުވުމަށް ފަހު، އެކަން މިނިސްޓަރުންނާއި، އިދާރާތަކުގެ ވެރިންގެ ބޮލަށް ކަނޑާލައި މުއިއްޒު ވެ ވަޑައިގަތީ ހުދު ފޮތިކޮޅަކަށެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކާއެކު، "މަސްވެރިންގެ ލޮބީ"އާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް، އެމަނިކުފާނަށް އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނުން އެނގުނުކަމަށް އެ ލޮބީގެ ފަރާތުން ވަނީ ބުނެފައެވެ.
އެހެންވީމާ ރައީސް ވިދާޅުވި އަޅުގަނޑުމެންގެ ފަރާތުން ލިބުނު ޚިޔާލާއި، އަދި ރައީސަށް ވަރަށް ގިނަ ކަންކަން އޮޅުން ފިލައިފި ކަމަށް ވެސް، ރައީސް ވިދާޅުވި. އަދި އެއީ މީގެ ކުރިން ރައީސާ ހަމައަށް ތިލަނުވެ ހުރި މައުލޫތާތުތައް ކަމަށް ވެސް ރައީސް ވިދާޅުވި. ދެން އަޅުގަނޑު ހަމަ ރައީސްގެ ސަމާލުކަމަށް ގެނެސްދެއްވިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައުި ހުންނަވާއިރު ކެބިނެޓުގައި ބޭފުޅުންނާއި ކުންފުނިތަކުގެ އެމްޑީން އެ ބޭފުޅުންގެ މަގާމުގެ ދަހިވެތިކަމުގައި، އެ ބޭފުޅުންގެ މަގާމުގެ ދިފާއުގައޭ އެ ބޭފުޅުން ވާހަކަ ދައްކަވާނީ.
މަސްވެރިންގެ ލޮބީގެ ފަރާތުން ވާހަކަ ދެއްކި ކެޔޮޅު ޓީވީއަށް އިންޓަވިއު ދެއްވަމުން ވިދާޅުވިއެވެ.
މަސްވެރިންނަށް މަހުންމަހަށް ފައިސާ ނުދޭ ކަމާއި، މަސްވެރިންނަށް ދަރަންޏަށް ފައިސާ ނުލިބޭ ކަމާއި، މަސްވެރިންގެ ބިލްތައް ނުދެއްކޭ ކަމާއި، ދަރަނިވެރިވެ އެތައް ބަޔަކު ހާލުގައި ޖެހި މަސްވެރިކަން ހުއްޓާލި ކަމާއި، މަހުގެ އަގު ހުރީ ރައީސް މުއިއްޒުގެ ވައުދާއި ޚިލާފަށް އެމަނިކުފާނު ކަނޑައެޅުއްވި 14ރ ގައި ކަން ރައީސް މުއިއްޒަށް ކިތަންމެ ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ނަމަވެސް، މަސްވެރިން ގެންނަވައި، މަސްވެރިންގެ މޫނު މައްޗަށް ކެރިވަޑައިގަތީ ގަދައަށް ދޮގު ހެއްދެވުމަށެވެ. އަދި އަމިއްލަ މިނިސްޓަރުންގެ ގަދަރާއި އަގުވެސް އަމިއްލައަށް ސަލާމަތްވުމަށް ކަންބަޅިއެއްހެން ކަތިލައި ގުރުބާން ކޮށްލުމަށެވެ.