މުއިއްޒަށް ތޮއްޑޫއިން މަރުހަބާ ދެންނެވީ މާލެއިން ދިޔަ ވަފްދަކާއި، ކައުންސިލަރުންނާއި، ސަރުކާރު މުއައްޒަފުން އެކަންޏެވެ. މި ގޮތުން އެރަށުގެ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ފެނަކައާއި، ސިއްހީ މަރުކަޒުގެ ސްޓާފުންނަށް މުއިއްޒަށް މަރުހަބާ ދެންނެވުމަށް ނުކުތުމަށް އަންގާފައި ވާތީ އެމީހުން ވަނީ ވަޒީފާގެ ބިރަށް ނުކުމެފައެވެ. ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި މިކަމާއި މުއިއްޒު ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
ހާއްސަކޮށް ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ، 10 ޑިސެމްބަރުގައި އޮތް އެމްޑީޕީގެ ޖަލްސާއަށް ގިނަ ބަޔެއްގެ ތާޢީދު އޮތްކަން އެނގިގެން އެކަމާއި ގުޅިގެން ތިމަންނާގެ ވެސް ތާޢީދު އޮތްކަން ދައްކާލުމަށް ކުރި ދަތުރެއް ކަމަށް ވެފައި، މި ދަތުރުން އިތުރަށް ތާޢީދު ނެތްކަން ފެނި ހުންނެވީ ޕީއެންސީގެ އިސްފަރާތްތަކާއި މެދު ހިތްހަމަ ނުޖެހިފައެވެ.
ރައީސް މުއިއްޒުގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ. ވެރިކަމުގައި ހުރެވޭ ވަރަށްވުރެ އެމަނިކުފާނުގެ މަގުބޫލުކަން ދަށްވެފައި ވަނީ، ރައްޔިތުންނަށް ދޮގު ހެދުމާއި އޮޅުވާލުމުގެ އިތުރަށް ވައްކަންކޮށް، މުއްސަނދިކަން ހޯދުމާއި، ރައްޔިތުންގެ އަސާސީ ޚިދުމަތްތައްވެސް ފޯރުކޮށްދިނުމުގައި ފެއިލްވެފައި ވާތީއެވެ.