ޚަބަރު

ރާއްޖޭގެ އެއްވެސް ރަށެއްގައި މިސަރުކާރަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ފެއްޓިފައި ނުވަނީސް, އަނެއްކާވެސް ރަށްތަކަށް ވަޑައިގެން މުއިއްޒު ބޮޑެތި ވައުދުތައް ވެވަޑައިގަންނަވަން ފައްޓަވައިފި

ދިޔަވަރު
ރާއްޖޭގެ އެއްވެސް ރަށެއްގައި މިސަރުކާރަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ފެއްޓިފައި ނުވަނީސް, އަނެއްކާވެސް ރަށްތަކަށް ވަޑައިގެން މުއިއްޒު ބޮޑެތި ވައުދުތައް ވެވަޑައިގަންނަވަން ފައްޓަވައިފި

ރާއްޖޭގެ އެއްވެސް ރަށެއްގައި މިސަރުކާރަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ފެއްޓިފައި ނުވަނީސް, އަނެއްކާވެސް ރަށްތަކަށް ވަޑައިގެން މުއިއްޒު ތަރައްގީގެ ބޮޑެތި ވައުދުތައް ވެވަޑައިގަންނަވަން ފައްޓަވައިފިއެވެ.

އެގޮތުން މުއިއްޒު މިއަދުވަނީ މިއަދު އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައެވެ.


މި ދަތުރުފުޅުގައި މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތޮއްޑޫއަށެވެ. ތޮއްޑޫއަށް ވަޑައިގެން އެރަށު ކަންސިލާ ބައްދަލުކުރައްވާ މުއިއްޒުވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އެރަށުގައި ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވީ އެބޭފުޅާ ވަޢުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެކަމުގައެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ފާހަގަ ކުރެވިފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް ދޮގު ވައުދުވެވަޑައިގެން މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިސަރުކާރަށް ރާއްޖޭގެ ރަށްތަކުގައި ތަރައްގީގެ އެއްވެސް މަޝްރޫޢެއް ފެއްޓިފައި ނުވިނަމަވެސް, މުއިއްޒު އަދިވެސް ގެންދަވަނީ ރާއްޖޭގެ ރަށްތަކުގައި ތަރައްގީގެ މަޝްރޫޢުތައް ފައްޓަވާނެކަމަށް ވިދާޅުވެ ގޮދު ވައުދުތައް ވެވަޑައިގަންނަވަމުންނެވެ.