ޚަބަރު

500 ޑޮލަރު ހަމަ މާރު ކުރަން ޖެހޭނެ ކަމަށް ބުނެ، މުއިއްޒު ރުޅިއައިސް ހަޅޭއްފަޅޭއް ލެއްވުމަށް ފަހު، 500 ޑޮލަރު މާރު ކުރުން އިޚްތިޔާރީ އޮޕްޝަނަކަށް ހަދައި ބިލް ހުށައަޅައި، މުއިއްޒު އަކީ އެއްވެސް އަގެއް ނެތް މީހަކަށް ހަދައިފި!

ދިޔަވަރު
500 ޑޮލަރު ހަމަ މާރު ކުރަން ޖެހޭނެ ކަމަށް ބުނެ، މުއިއްޒު ރުޅިއައިސް ހަޅޭއްފަޅޭއް ލެއްވުމަށް ފަހު، 500 ޑޮލަރު މާރު ކުރުން އިޚްތިޔާރީ އޮޕްޝަނަކަށް ހަދައި ބިލް ހުށައަޅައި، މުއިއްޒު އަކީ އެއްވެސް އަގެއް ނެތް މީހަކަށް ހަދައިފި!

500 ޑޮލަރު ހަމަ މާރު ކުރަން ޖެހޭނެ ކަމަށް ބުނެ، މުއިއްޒު ރުޅިއައިސް ހަޅޭއްފަޅޭއް ލެއްވުމަށް ފަހު، 500 ޑޮލަރު މާރު ކުރުން އިޚްތިޔާރީ އޮޕްޝަނަކަށް ހަދައި ބިލް ހުށައަޅައި، މުއިއްޒު އަކީ އެއްވެސް އަގެއް ނެތް މީހަކަށް ހަދައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ބޭރު ފައިސާއާ ބެހޭ އާ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި ބިލުގައި ކެޓަގަރީ އޭގެ ރިސޯޓުތަކަށް ޑޮލަރު މާރުކުރުމަށް ދެ ގޮތަކުން އެއް ގޮތެއް އިހުތިޔާރު ކުރެވޭނެ އެވެ.

މި ދެ ގޮތަކީ:

  • ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން
  • މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރުން

ކެޓަގަރީ ބީގެ ޓޫރިޒަމް ވިޔަފާރިތަކަށް ވެސް އައު ބަދަލުތަކެއް ގެނެސްފައިވެ އެވެ. މީގެ ތެރޭގައި ހިމެނޭ ޓޫރިސްޓު އުޅަނދުތަކާއި، ގެސްޓުހައުސްތަކާއި، ހޮޓާތަކަށް މަހު އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރު ލިބިގެންދާނެ އެވެ. މިއީ މިހާރު އަމަލުކުރަމުންދާ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު މާރުކުރަންޖެހޭ ނިޒާމަށް ގެނެވޭ ބަދަލެކެވެ.

އަދި ބިލުގައި ފާހަގަކޮށްލެވޭ އެހެން މުހިންމު ބަދަލެއްގެ ގޮތުގައި، ޓޫރިޒަމް ނޫން ދާއިރާތަކުގެ ވިޔަފާރިތަކުގެ ތެރެއިން އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވެސް ކަނޑައެޅޭ އިންސައްތައެއް މާރުކުރަން ޖެހޭނެ އެވެ. މިއީ ކުރިން ހުށަހެޅި ޑްރާފްޓުގައި 20 މިލިއަން ޑޮލަރުގެ ގޮތުގައި އޮތް މިންގަނޑަށް ގެނެވުނު ބަދަލެކެވެ.

މި ބަދަލުތައް ގެނައުމުގެ މައިގަނޑު ސަބަބަކީ ކުރިން ހުށަހެޅި ގޮތަށް ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުމަކީ ޓޫރިޒަމް ވިޔަފާރިތަކަށް ދަތިވާނެ ކަމެއްކަމަށް އެ ވިޔަފާރިތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބަދިނުމެވެ.