ޚަބަރު

ކުށް ސާބިތުނުވިޔަސް މުއިއްޒު ބޭނުންވާ މީހެއްގެ މުދާ ދައުލަތަށް ނެގޭގޮތަށް ދެ ބިލެއް މަޖިލީހަށް ވައްދައިފި

ދިޔަވަރު
ކުށް ސާބިތުނުވިޔަސް މުއިއްޒު ބޭނުންވާ މީހެއްގެ މުދާ ދައުލަތަށް ނެގޭގޮތަށް ދެ ބިލެއް މަޖިލީހަށް ވައްދައިފި

ދައުލަތަށް ބޭނުންވާ މީހުންގެ މުދާ، ޝަރުއީ ހުކުމަކާ ނުލައި ދައުލަތަށް ނެގޭނެ ގޮތަށް ދެ މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މީގެ ތެރެއިން ފުރަތަމަ ބިލަކީ މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. މި ބިލުގައިވާ ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ޝަރީއަތުން ސާބިތު ނުވި ނަމަވެސް، ދައުލަތަށް ފެނިއްޖެ ހިނދެއްގައި މުދާ ދައުލަތަށް ނެގޭނެ އެވެ.

މީގެ އިތުރުން ދެވަނަ ބިލެއްގެ ގޮތުގައި ސަރުކާރުން ވަނީ، ގޭންގް ކުށްތަކާ ގުޅޭ އައު ބިލެއް ހުށަހަޅާފައެވެ. މި ބިލުގައި ހިމެނޭ ގޮތުން، މީހަކީ ގޭންގް މެންބަރެއް ކަމަށް މުއިއްޒު ކަނޑައަޅާ ކޮމިޓީއަކަށް ގަބޫލުކުރެވޭނަމަ، ޝަރުއީ ހުކުމަކާ ނުލައިވެސް އެ މީހެއްގެ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިގެންދާނެ އެވެ.

މި ދެ ބިލުގައިވެސް އެއް އަސާސެއްގެ ގޮތުގައި ފާހަގަކުރެވެނީ، ދައުލަތަށް ފެންނަ ބަޔަކާ ދެކޮޅަށް، ޝަރުއީ ހުކުމެއް ނެތި، އަދި އެއްވެސް ހެއްކެއް ނެތި، ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތުމެވެ.

މި ބިލުތަކުގެ ސަބަބުން ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އަރައިގަނެވޭނެ ކަމަށް ގާނޫނީ މާހިރުން ފާހަގަކުރެ އެވެ.

މުއިއްޒު ދަނީ ރައްޔިތުންނަށް ބިރު ދައްކައި އަޅުވެތިކޮށް، އަނިޔާވެރި ވެރިކަމެއް ޤާނޫނުތައް ބަދަލުކޮށް ކުރުމަށް މަސައްކަތް ކުރަމުންނެވެ.