ޚަބަރު

މިއަދާއި ހަމައަށް މަސްވެރިންނަށް 38 މިލިއަން ރުފިޔާ ނުލިބި އެބަހުރި! "މާދަމާ" އަށް ވައުދު ނުވެ، މިއަދުން މިއަދަށް މިފައިސާ ޖަމާ ކޮށްދެއްވާ: މަސްވެރިން

ދިޔަވަރު
މިއަދާއި ހަމައަށް މަސްވެރިންނަށް 38 މިލިއަން ރުފިޔާ ނުލިބި އެބަހުރި! "މާދަމާ" އަށް ވައުދު ނުވެ، މިއަދުން މިއަދަށް މިފައިސާ ޖަމާ ކޮށްދެއްވާ: މަސްވެރިން

މިއަދާއި ހަމައަށް މަސްވެރިންނަށް 38 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށާއި، "މާދަމާ" އަށް ވައުދު ނުވެ ، މިއަދުން މިއަދަށް މިފައިސާ ޖަމާ ކޮށްދޭން ޖެހޭ ކަމަށް މަސްވެރިން ރައީސް މުއިއްޒަށް ރައްދު ދެއްވަން ފަށައިފިއެވެ.

ރައީސް މުއިއްޒުގެ ވައުދުތައް ކައިރިން ބަލަމުންދާ ކަމަށާއި، ރައީސް މުއިއްޒު އަށް އިތުބާރު ނުކުރެވޭ ކަމަށް މަސްވެރިން ދަނީ ހާމަ ކުރަމުންނެވެ.

މާދަމާރޭގެ މުޒާހަރާއަށް މީހުން ނެރުން ހުއްޓުވުމަށް، ރައީސް މުއިއްޒު ދަނީ ރަށްރަށަށް ގޮސް، ކަނޑައެޅިގެން ބޮޑެތި ދޮގުތައް ހަދައި، "ކުރީ ސަރުކާރު" ކިޔަމުންނެވެ.

ރާއްޖޭގެ ތާރީޚުގައި ހެދި އެންމެ ބޮޑު ބަޖެޓް ހިފައިގެން ވަޑައިގެން 2024 ނިއްމާލީ ރައްޔިތުންނަށް އެއިން އެއްވެސް ކަމެއް ކޮށް ނުދީ، ވައްކަން ކުރުމާއި ކޮރަޕްޝަންގެ ތެރެއިންނެވެ.