ޚަބަރު

މުއިއްޒު މަސްވެރިންނަށް 48 ގަޑިއިރުން ފައިސާ ދޭން ވައުދުވީ ބީއެމްއެލްގައި ހުރި, އާންމު ރައްޔިތުންގެ ޑިޕޮޒިޓްރީން ލޭންދޭނަށް ފައިސާ ނަގައިގެން, މިއީ މަސްވެރިންނަށް ދައްކާ ދަޅައެއް!

ދިޔަވަރު
މުއިއްޒު މަސްވެރިންނަށް 48 ގަޑިއިރުން ފައިސާ ދޭން ވައުދުވީ ބީއެމްއެލްގައި ހުރި, އާންމު ރައްޔިތުންގެ ޑިޕޮޒިޓްރީން ލޭންދޭނަށް ފައިސާ ނަގައިގެން, މިއީ މަސްވެރިންނަށް ދައްކާ ދަޅައެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓް ގެންގުޅޭ މަސްވެރިންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ޖަމާކުރަން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން މުއިއްޒު އިއުލާން ކުރެއްވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކ. ގާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައެވެ.

މަސްވެރިންނަށް ލުއިފަސޭހަކޮށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މާލީ ވުޒާރާއާއި، މިފްކޯ އަދި ބީއެމްއެލްއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރެވުނުކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މި އިންތިޒާމުގެ ދަށުން ބީއެމްއެލްގައި އެކައުންޓް އޮންނަ މަސްވެރިންނަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެވޭނެ ކަމަށާއި، އެމްއައިބީގައި އެކައުންޓް ހުރި ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދަން ޖެހޭކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މަސްވެރިންނަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

އެހެންނަމަވެސް, މުއިއްޒު މަސްވެރިންނަށް 48 ގަޑިއިރުން ފައިސާ ދޭން ވައުދުވީ ބީއެމްއެލްގެ އާންމު ރައްޔިތުންގެ ޑިޕޮޒިޓްރީން, ލޭންދޭނަށް ފައިސާ ނަގައިގެންކަމަށް އެނގިފައިވެއެވެ. އަދި ބޭންކުގެ ލިކުއިޑިޓީ އާދަޔާ ޚިލާފަށް ދަށްވެފައިވަނިކޮށް, ސަރުކާރުގެ ސިޔާސީ ވައުދެއްފުއްދުމަށް މާލީ އެހީތެރިކަން ދިނުމަށް ބީއެމްއެލްއިން ނިންމި ނިމަަވެސް މިއީ ދެމެހެއްޓިވި ކަމެއް ނޫންކަމަށް މާލީ ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ.

ސަރުކާރުތަކަށް ކްރެޑިޓް ފެސިލިޓީތައް ދޫކުރުމަކީ ބޭންކުތަކަށް އެކި ހާލަތްތަކުގައި ކުރާކަމެކެވެ. އަދި މިކަން ގިނަފަހަރު ކުރެވެނީ ސަރުކާރުގެ ސެކިއުރިޓީތަކާއި، ބޮންޑުތަކާއި އަދި ސީދާ ކްރެޑިޓް އެރޭންޖްމަންޓްތަކުގެ ތެރެއިންނެވެ.

ބީއެމްއެލްގެ ލިކުއިޑިޓީ ނުރައްކާތެރި ދަރަޖައަކަށް ދަށް ވެފައިވާއިރު، މުއިއްޒުގެ ސިޔާސީ ވައުދެއް ފުއްދުމަށް ބީއެމްއެލްއިން ރައްޔިތުންގެ ފައިސާ ގުރުބާން ކުރުމުން, ވަކިވަކި ބޭންކުތަކަށާއި މުޅި މާލީ ނިޒާމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ މާލީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އަދި ހަމައެއާއެކު މި ނިންމުމުގެ ސަބަބުން ބީއެލްއެލްއަށް އެބޭންކުގެ ވަގުތީ ޒިންމާތައް އަދާކުރުމަށްވެސް ދަތިތަކާ ކުރިމަތިވާނެއެވެ. މީގެ ތެރޭގައި ކަސްޓަމަރުންގެ ފައިސާ ވިތްޑްރޯކުރުމުގައި ދަތުތަކާ ކުރިމަތިވުން ފަދަ، އަދި މުޢާމަލާތްތަކަށްވެސް މީގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެކެވެ.

މުއިއްޒުގެ ސިޔާސީ ވައުދެއް ފުއްދުމަށް ގައުމީ ބޭންކު ގުރުބާން ކުރަމުންދާއިރު, ދާދިފަހުން ބޭންކުގެ ބޯޑަށް ބޮޑެތި ބަދަލު ގެނެސް, މުއިއްޒު ބޭނުންވާ ސިޔާސީ މީހުންވަނީ ބޯޑަށް އައްޔަން ކޮށްފައެވެ.