ޚަބަރު

ކާނިވާ ސަރަހައްދަށް އެތައް ހާސް ބަޔަކު ޖަމާވެ, މުއިއްޒުއަށް ބޮޑު ތަނުން ނޫނެކޭ ބުނެފި!

ދިޔަވަރު
ކާނިވާ ސަރަހައްދަށް އެތައް ހާސް ބަޔަކު ޖަމާވެ, މުއިއްޒުއަށް ބޮޑު ތަނުން ނޫނެކޭ ބުނެފި!

މިރޭ އިދިކޮޅު އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ”ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން" ބޮޑު ޖަލްސާއަށް މާލެއާއި ރާއްޖެތެރޭގެ ރަށްތަކުން އެތައް ހާސްބަޔަކު ހާޒިރުވެ, ރައީސް މުއިއްޒުއަށް އަސްލު މަންޒަރު ދައްކުވައިދީފިއެވެ.

މުއިއްޒު ގާނޫނު އަސާސީ ބަދަލު ކުރުމާއި ދެކޮޅަށް އަޑު އުފުލުމަށް އަދި މިސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފަށް ކުރަމުންދާ އަމަލުތަކާއި ދެކޮޅު ހެދުމަށް މިރޭ ކާނިވާ ސަރަހައްދަށް އެތައް ހާސް ބަޔަކު އެއްވެ, އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކި ބޭފުޅުން ވަނީ މުއިއްޒުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ, މުއިއްޒުވަނީ ގާނޫނު އަސާސީއާ ޚިލާފް ވެފައިވާ ކަމަށާއި, މިސަރުކާރުވަނީ ފާލުން ނެއްޓިފައި ކަމުގައެވެ. އަދި މި ސަރުކާރުން މަސްވެރިން ހާލުގައި ޖައްސާފައިވާކަމަށާއި, މިސަރުކާރުން ދިވެހި ރައްޔިތުން ހާލުގައި ޖައްސާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވާފައި ވަނީ, އެއްވެސް ފަރާތެއްގެ މަޝްވަރާއަކާ ނުލާ, 24 ގަޑިއިރުތެރޭ މުއިއްޒު ގާނޫނު އަސާސީ ބަދަލުކޮށްފައި ވަނިކޮށެވެ. މިއީ ރާއްޖޭގެ ވެރިއަކު މިފަދަ ޚުދުމުޚުތާރު ގޮތަކަށް ގާނޫނު އަސާސީ ބަދަލުކުރި ފުރަތަމަ ފަހަރެވެ. އަދި މުއިއްޒު ވަނީ މިނިވަން މުވައްސަސާތަކުގެ ރައީސުންވެސް އައްޔަން ކުރިން އަމިއްލަ މުށުތެރެއަށް