ޚަބަރު

771 މިލިއަނަށް ޗައިނާ ކުންފުންޏަކަށް މުއިއްޒު ދީފައިވާ ކޮމާޝަލް ސްޕައިން މަޝްރޫއުގެ ހަމަ އަގަގީ 406.67 މިލިއަން ރުފިޔާ

ދިޔަވަރު
771 މިލިއަނަށް ޗައިނާ ކުންފުންޏަކަށް މުއިއްޒު ދީފައިވާ ކޮމާޝަލް ސްޕައިން މަޝްރޫއުގެ ހަމަ އަގަގީ 406.67 މިލިއަން ރުފިޔާ

ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ "ކޮމާޝަލް ސްޕައިން" މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ނުފަށައި އޮތް ޕްރޮޖެކްޓަކީ އެ މަސައްކަތުގެ ހަމަ އަގަށް ވުރެ އެތައް ގުނައެއް ބޮޑު ކޮށް ޗައިނާއަށް ދީފައިވާ މަޝްރޫޢެއް ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

މިތާގައި ޖުމްލައަކު 290،000 އަކަ ފޫޓު ހުންނާނެ ކަމަށް އެޗްޑީސީއިން މި ނޫހަށް މައުލޫމާތު ދީފައިވާއިރު، އެ މަސައްކަތަށް ޖުމްލަ ހަރަދު ވާނެ އަގެއް ކަމަށް އޭނާ ހާމަ ކޮށްފައިވަނީ 406.67 މިލިއަން ރުފިޔާއެވެ. އޭނާ ހާމަ ކުރި ގޮތުގައި ތިން ފަންގިފިލާގެ ހަތް އިމާރާތް އެޅުމަށް 406.67 މިލިއަން ރުފިޔާއަށް ވުރެ އިތުރަކަށް ނުދާނެއެވެ.

ޗައިނާ ކުންފުންޏާ އެކީ މި މަސައްކަތް ކުރުމުގެ ފަހުމުނާމާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ބޭއްވި އިންވެސްޓާ ފޯރަމްގައި، މި އަހަރުގެ ޖެނުއަރީ 9، ގައި ސީދާ ރައީސް މުއިއްޒު އަންގައިގެންނެވެ.