މުއިއްޒު އާއި ސަރުކާރު ވެރިން ކޮރަޕްޝަން ހިންގުމަށް، 93 މިލިއަން ރުފިޔާ އަށް އެއަރޕޯޓް ބާ އިމާރާތަށް އޭސީ ގަންނަން ނިންމައިފިއެވެ.
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބާ ޓާރމިނަލްގައި 93 މިލިއަން ރުފިޔާގެ އޭސީ ހަރުކުރުމުގެ މަޝްރޫއެއް އާރުޑީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއަކީ އާ ޓާރމިނަލް ހުޅުވުމާ ކައިރިވެފައިވާ ދަނޑިވަޅެއްގައި ކުރިއަށްގެންދެވޭ މަޝްރޫއެކެވެ. އެއަރޕޯޓް ކުންފުނީގައި އަމިއްލަ އޭސީ އަދި ކަރަންޓު ވައިރިންގ ޑިޕާޓްމަންޓެއް އޮތްއިރު، މި މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމުގެ ސަބަބާއި މެދު ސުވާލު އުފެދެއެވެ. މިކަމުގެ އަޑީގައި ވަނީ ކޮރަޕްޝަނާއި ހިޔާނާތްކަމަށް މިކަމުގެ މައުލޫމާތް ދެއްވި އެއަޕޯޓްސް ކުންފުނީގެ މުއައްޒަފެއް ދިޔަވަރު ނޫހަށް ކިޔައިދިނެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި އާރުޑީސީ އިން މި ޕްރޮޖެކްޓް ޒުހައިރު އާއި ގުޅުން ހުރި އެހެން ކުންފުންޏަކަށް ސަބް-ކޮންޓްރެކްޓް އުސޫލުން ދިނުމަށް ހަމަޖެހިފައިވެއެވެ.
އާ ޓާރމިނަލަށް ބަދަލުވުމާއެކު މިހާރުގެ ޓާރމިނަލްގައި ހުރި ޓޫރިޒަމް ކައުންޓަރުތަކާއި، ކެފޭތަކާއި އަދި އެހެނިހެން ވަސީލަތްތައްވެސް އާ ޓާރމިނަލަށް ބަދަލުކުރެވޭނެއެވެ. އެހެންކަމުން އަލަށް ގަންނަ ގިނަ އޭސީ ތަކަކީ ބޭކާރު އެއްޗެއްސަށް ވެގެން ދާނެއެވެ.
ރައްޔިތުން ދަތިހާލުގައި ތިއްބާ މިފަދަ ބޮޑު ހޭދައެއް މިވަގުތު މި މަޝްރޫއަށް ކުރަންޖެހޭ ސަބަބާމެދު ގިނަ ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ. އަދި މީގެ ކުރިން މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބޯޑު މެންބަރު ނޫރުއްދީން ވަނީ ރައީސް މުއިއްޒު އަންގަވައިގެން ބޯޑުން ވަކި ކޮށްފައެވެ.
ކުންފުނިތަކަށް ލިބޭ ކޮރަޕްޓް ފައިދާގެ ބޮޑު ޕަސެންޓެއް ރައީސް މުއިއްޒު ނަންގަވަމުންދާއިރު، މަޖިލީސް އިންތިހާބަށް ރައީސް މުއިއްޒު ބޭނުންވާ ވަރަށް ފައިސާ ނުދީގެން، އެއަރޕޯޓްސް ކޮމްޕެނީގެ އެމްޑީ އަށް ގުޅައި މުއިއްޒު ހުތުރު ބަހުން މުހާތަބު ކުރިކަމަށް ސޯޝަލް މީޑިޔާގައި ވަނީ އަޑު ފެތުރިފައެވެ.
މުއިއްޒު މިގޮތަށް ރައީސް އަކަށް ހުންނަވާ ފަރާތަކާއި އެކަށީގެން ނުވާ ދަށުދަރަޖައިގެ ބަސްމަގު ބޭނުންކޮށް، މީހުންނަށް ގުޅައި، މެސެޖް ކޮށް ހަދާކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ތަކުރާރުކޮށް ލިބެއެވެ.