އަމީނީ މަގުގައި ހުންނަ ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި ރޯވެ އެ އިމާރާތް ބިމާ ހަމަވެއްޖެއެވެ.
އެމްއެންޑީއެފުން މި ހާދިސައާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އަލިފާން ރޯވީ އިމާރާތުގެ ހުޅަނގު ފަރާތުގައި ހުންނަ ޓިނު އިމާރާތުގެ އެއްވަނަ ފަންގިފިލާއިން ކަމަށް މަޢުލޫމާތު ލިބިފައި ވެއެެވެ. އަލިފާން ރޯވިއިރު އިމާރާތުގެ އެތެރޭގައި އެއްވެސް މީހަކު ނެތްކަމަށް ވެއެވެ. އަދި އިމާރާތުގައި އަލިފާން ރޯވެފައިވަނީ އެއްވެސް މުވައްޒަފަކު އޮފީހަށް ނުދަނީސްކަންވެސް ފާހަގަ ކޮށްލެވެއެވެ.
މި ހާދިސާއާ ގުޅިގެން ސަރަހައްދުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ. އަދި އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކޮށްފައި ވެއެވެ.
އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މުޅި ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުން އަޅާފައެވެ.
މިހާދިސާ ހިނގަންފެށުމާއެކު އެ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި ޑިފެންސް މިނިސްޓްރާ ހޯމް މިނިސްޓަރުވެސް ވަނީ އެ ސަރަހައްދަށް ޒިޔާރަތް ކޮށްފައެވެ. އަދި މުޅި އިމާރާތް އަނދާ ހުލިވިއިރު, ރައީސްއާއި ވަޒީރުންވަނީ ކުޅި ބައްލަވަން އެ ސަރަހައްދުގައި ތިއްބަވާފައެވެ.
މިހާދިސާ ހިނގި ހައުސިން މިނިސްޓްރީއަކީ އެމްޑީޕީގެ ސަރުކާރުން ދިން ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ކުރަމުންދާ ވުޒާރާއެވެ. އަދި އެ ވުޒާރާއިން ވަނީ ތަފާތު އުޒުރުތައް ދައްކާ މިހާތަނަށްވެސް ފްލެޓްތައް އޭގެ ހައްގުވެރިނނާ ހަވާލު ނުކޮށްފައެވެ. އަދި ފްލެޓް ލިސްޓަށް ބަދަލު ގެންނާނެކަމަށްވެސް ހައުސިން މިނިސްޓަރ ހައިދަރު ވިދާޅުވެފައި ވެއެވެ.
މި ހާދިސާއާއި ގުޅިގެން ފެލްޓް ލިސްޓްތަކާ ބެހޭ ގިނަ މައުލޫމާތު އަނދާ ހުލިވެފައިވާކަމަށް ބުނެ ހައުސިން މިނިސްޓްރީ ފްލެޓް ލިސްޓު އިތުރަށް އޮޅުވާލާނެކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.