ޚަބަރު

ޤުރުއާން ބަދަލު ކުރި މައްސަލާގައި ޕީއެސްއެމް އިން ދެއްކި ވާހަކަ ހަމަ ނުޖެހޭ! މިކަމުގައި ޚަލީލު އާއި ޕީއެސްއެމް އިސްވެރިން އިސްތިއުފާ ދޭން ޖެހޭ! ޤުރުއާނާއި މެދު، މިވަރު ނުބައި ކަމެއް އިސްލާމީ އެއްވެސް ޤައުމެއްގައި މިހާތަނަށް ކޮށްފައި ނުވޭ!

ދިޔަވަރު
ޤުރުއާން ބަދަލު ކުރި މައްސަލާގައި ޕީއެސްއެމް އިން ދެއްކި ވާހަކަ ހަމަ ނުޖެހޭ! މިކަމުގައި ޚަލީލު އާއި ޕީއެސްއެމް އިސްވެރިން އިސްތިއުފާ ދޭން ޖެހޭ! ޤުރުއާނާއި މެދު، މިވަރު ނުބައި ކަމެއް އިސްލާމީ އެއްވެސް ޤައުމެއްގައި މިހާތަނަށް ކޮށްފައި ނުވޭ!

ޤުރުއާން ބަދަލު ކުރި މައްސަލާގައި ޚަލީލު އާއި ޕީއެސްއެމް އިސްވެރިން އިސްތިއުފާ ދޭން ޖެހެއެވެ. ކީރިތި ޤުރުއާނަށް މިވަރު ނުބައި ކަމެއް އިސްލާމީ އެއްވެސް ޤައުމެއްގައި މިހާތަނަށް ކޮށްފައި ނުވެއެވެ. މިއީ އާދައިގެ ކުޑަކަމެއް ނޫނެވެ.

އެކަން ކުރީ "ކޮންޓްރޯލް" ރޫމުގައި ތިބި ބައެއް ކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ. "ފާސިޤުން" އެ ލަފްޒު އުނި ވެގެން ދިޔައީ އިއްތިފާގުންކަމަށް ޤަބޫލުކުރަން ދައްޗެވެ. އެފަދަ ބަހެއް އުނިކުރަން ރައީސް އޮފީހުން ސީދާ ކޮންޓްރޯލް ރޫމަށް ގުޅިތޯ ބަލަން ޖެހެއެވެ.

ރައީސް މުއިއްޒު އަމިއްލަފުޅަށްވެސް، ޕީއެސްއެމްގެ ކޮންޓްރޯލް ރޫމުގައި ތިއްބަވާ އިސްފަރާތްތަކަށް ގުޅުއްވާކަމަށް ޕީއެސްއެމް އިން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ހާމަ ކުރިއެވެ.

ހަމަ އެގޮތަށް، ކޮންޓްރޯލް ރޫމުގައި ތިބޭ ފަރާތްތަކަށް ރައީސް އޮފީހުގެ މިނިސްޓަރ ހަލީލުގެ ކިބައިން ސީދާ އަމަލު ކުރަންވީ ގޮތް އަންނަ ކަމަށް އޭނާ މައުލޫމާތު ދެއެވެ. އެހެންވީއިރު، އެފަދަ އިރުޝާދެއް ރައީސް އޮފީހުން އައިސްފައި ވޭތޯ ބަލާލަން ޖެހެއެވެ.

ޓީވީއެމް އަދި ޕީއެސްއެމްގެ ވީޑިޔޯ ފައިލް ލައިވް ނިމުމަށްފަހު، އެ ޓްވީޓް ބަދަލުކޮށް އެޑިޓް ކުރިކަން، އެނގެން ހުރުމުން، މިއީ ކޮންޓްރޯލް ރޫމުން ސިގްނަލް ބަދަލު ކުރުމުގައި ދިމާވެފައިވާ ކަމެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

ޕީއެސްއެމް އިން ލައިވް ކުރާއިރު، ބެކަޕް ހުރެއެވެ. ބެކްއަޕް ސިސްޓަމް ގާއިމްކުރެވިފައި ވާއިރު، ކޮންޓްރޯލް ރޫމްތައް ބަދަލުކުރުމުގައި އެއްވެސް މައްސަލައެއް ނުވަތަ "ވަގުތު" ގެއްލުމެއް ނުހުންނާނެއެވެ. މިފަދަ ބެކްއަޕް ސިސްޓަމްތަކުގައި އާންމުކޮށް ހިމެނެނީ:

  1. ސިންކްރޮނައިޒްޑް ރޫޓިންގ ސިސްޓަމްތައް - މިއީ ދެ ކޮންޓްރޯލް ރޫމްވެސް ޕަރފެކްޓްކޮށް ޓައިމްކުރެވިފައި ހުރުން ޔަގީންކުރުމަށް
  2. ރިޑަންޑަންޓް ސިގްނަލް ޕާތުތައް
  3. އޮޓޮމޭޓެޑް ފެއިލްއޯވަރ ސިސްޓަމްތައް

މިފަދަ ސިސްޓަމްތަކާއެކު، ބަދަލުވުން ވާންވާނީ ގާތްގަނޑަކަށް ވަގުތުން - މިލިސެކަންތުތަކެއްގެ ތެރޭގައެވެ. އެކަމަށް ސިކުންތުތަކެއް ނުނަގާނެއެވެ.

މިފަދަ ސިސްޓަމް ނުހުންނަ ޒަމާނުގައި، ޕީއެސްއެމް އިން އަމަލު ކޮށްފައިވާ ގޮތަކީ، އެންމެ ފަހުން ލައިވް ކޮށްފައިވާ މަންޒަރުން ދެތިން ސިކުންތު ހިމަނައިގެން ލައިވް ކުރިއަށް ގެންދިޔުމެވެ. އޭރުން ސިގްނަލް ބަދަލު ކުރި ވަގުތު، ލައިވްގައި 2 ނުވަތަ 3 ސިކުންތުގެ އަޑާއި މަންޒަރު ރިޕީޓް ވާނެއެވެ.

އެހެންކަމުން، ޕީއެސްއެމްއިން ދިން މައުލޫމާތުގެ ސައްޙަ ކަމާއި މެދު ސުވާލު އުފެދެއެވެ. ކޮންމެވެސް މީހަކު ކޮންމެވެސް ހިސާބަކުން ގަސްތުގައި ގޯހެއް ހަދާފައިވާކަމަށް ބެލެވެއެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ، ޕީއެސްއެމްއިން މުއިއްޒުގެ ސިޔާސީ މަސައްކަތް ޤާނޫނާއި ޚިލާފަށް ގެނެސްދިނުމުގައި ރެއާއި ދުވާލު މަސައްކަތް ކުރާ ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލު އާއި، ޕީއެސްއެމްގެ އިސްވެރިންނެވެ.