ޚަބަރު

ރައީސް މުއިއްޒު އާއި އެތައް މިލިއަނެއް އޭނާ ހަރަދު ކުރާ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން އުފާ ފާޅުކުރަމުން ދަނިކޮށް ހަސަން ކުރުސީ އެނބުރި އަތުވެއްޖެ!

ދިޔަވަރު
ރައީސް މުއިއްޒު އާއި އެތައް މިލިއަނެއް އޭނާ ހަރަދު ކުރާ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން އުފާ ފާޅުކުރަމުން ދަނިކޮށް ހަސަން ކުރުސީ އެނބުރި އަތުވެއްޖެ!

ހަސަން ކުރުސީ އެކައުންޓް ސަސްބެންޑް ކުރުމުން، ރައީސް މުއިއްޒު އާއި އެތައް މިލިއަނެއް އޭނާ ހަރަދު ކުރާ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން އެކަމާއި، އުފާ ފާޅުކުރަމުން ދަނިކޮށް ހަސަން ކުރުސީ އެނބުރި އަތުވެއްޖެއެވެ. އޭނާގެ ބޭން ނަގާފައި ވަނީ ރާއްޖެ ގަޑިން ރޭގެ ފަތިސް ވަގުތެއްގައެވެ.

ހަސަން ކުރުސީ އެކައުން ސަސްޕެންޑް ކުރުމުން، މަހާނަ މައްޗަށް މުޑިއަށް ޖަހާހެން ދުވަހަކު ބަހެއް ސޯޝަލް މީޑިޔާގައި ހަސަން ކުރުސީއާއި މެދު ބުނެލަން ނުކެރޭ އެތައް ބަޔަކު 'ގަޓު' ވެލައިގެން ހަސަން ކުރުސީ އެކައުންޓް ސަސްބެންޑް ކުރުން ދިފާޢުކޮށް ދިޔައީ ވާހަކަ ދައްކަމުންނެވެ.

ހަސަން ކުރުސީ އާއި ދިޔަވަރަކީ ސަރުކާރުގެ ކޮރަޕްޝަނާއި، ސަރުކާރުން ހަދާ ދޮގުތަކުގެ ހަގީގަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި މިއަދު ރާއްޖޭގައި އެންމެ މަގުބޫލު ދެ ޕްލެޓްފޯމެވެ.

ދާދިފަހުން ބޮޑު ކޮރަޕްޝަނުގެ ހަތަރު ކަމެއް، ހަސަން ކުރުސީ އާންމު ކުރި މައުލޫމާތު ތަކާއި ގުޅިގެން ސަރުކާރަށް މަޖުބޫރުވެގެން ހުއްޓާލަން ޖެހުނެވެ.

އޭގެ ތެރޭގައި އެންސްޕާއިން އެމްއެމްޓީވީ ހިންގުމަށް ހިންގި ކޮރަޕްޝަން އާއި، އެމްއޭސީއެލް އިން ކުނި ނައްތާލުމަށް ކޮރަޕްޝަންތެރެއިން މުއިއްޒު ދީފައިވާ ޑީލް ފާހަގަ ކޮށްލެވެއެވެ.

މިފަދަ ކޮރަޕްޝަން ތަކުން ބޮޑެތި ފައިދާތައްވާ ފަރާތްތަކާއި އެމީހުންނާއި ގުޅިފައިވާ ސޯޝަލްމީޑިޔާގެ ކޮރަޕްޓް ފަރާތްތަކުން ދަނީ ހަސަން ކުރުސީ އާއި ދިޔަވަރު ނޫހުގެ އިތުބާރު ގެއްލުވާލުމަށް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ގިނަ ދޮގުތަކެއް ފަތުރަމުންނެވެ.

ނަމަވެސް، ސަރުކާރުތެރޭ ހިމެނޭ ގިނަ ފަރާތްތަކާއި އެކު ރާއްޖޭގެ އާންމުންގެ ގިނަ ބަޔެއްގެ ތާޢީދު ހަސަން ކުރުސީ އަށް އޮތްކަން، ކުރުސީ އަނބުރާ ގެނައުމަށް ކުރި މަސައްކަތުން ހާމަވެއެވެ.