3 މިނިސްޓްރީ އަނދާ އަޅިއަށް ހަދާލީ 50 ގޯތީގެ 400 މިލިއަންގެ ވައްކަން ފޮރުވަން ތޯ ކުރީގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން ސުވާލު އުފައްދާފައިވާއިރު، މުއިއްޒަށް ނޭނގި މިވަރު ބޮޑު ވައްކަމެއް ހިނގާފާނެ ކަމަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރެއެވެ. ޚުދު ޕީއެންސީގެ އާންމު މެމްބަރުންވެސް މިކަން ޤަބޫލު ނުކުރާކަމަށް ދިޔަވަރަށް ލިބިފައިވާ މެސެޖް ތަކުން ސާފުވެއެވެ.
މިކަން އިތުރަށް ޤަބޫލު ކުރެވޭ އަނެއް ސަބަބަކީ މި މައްސަލާގެ ޑޮކިޔުމެންޓްތައް ލީކްވިތާ މިހާ ގިނައިރު ވެފައިވާއިރުވެސް، އަދިވެސް މިކަމުގައި އެއްވެސް ފަރާތެއް ހައްޔަރު ކޮށްފައި ނުވާތީއެވެ. ފަޒުލް ހައްޔާރު ކޮށްފައި ނުވަނީ މުއިއްޒު އަށް ރިޝްވަތު ދިނުމުގައި ފަޒުލްގެ ފަރާތުން ގިނަ އަދަދެއްގެ ފައިސާ މުއިއްޒަށް ލިބިފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
ފަޒުލް ހައްޔަރުކޮށްފިނަމަ، މުއިއްޒުވެސް މިކަމުގައި ބެދޭނެއެވެ. އެހެން ކަމުން ފަޒުލް ހައްޔަރެއް ނުކުރާނެއެވެ. އަދި މިކަން މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމާއި ނުބެހޭ ބައެއްގެ ބޮލަށް ޖެހުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.